15 ޖަނަވަރީ 2019
އަލަށް އައްޔަނުކުރެވުނު 2 ޕާރމަނަންޓް ސެކްރެޓަރީ އިންގެ މަޤާމުގެ ވައުދު ގައި ސޮއިކުރުމުގެ ރަސްމިއްޔާތު އިއްޔެ ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު އެޑްވައިޒަރީ ކޮމިޓީގެ ބައްދަލުވުމުގެ ތެރޭކުރިއަށް ގެންދެވިއްޖެއެވެ.
މި ގޮތުން ވައުދުގައި ސޮއިކުރައްވަވާފައިވާ ޕާރމަނަންޓް ސެކްރެޓަރީއިންނަކީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަށް އަލަށް އައްޔަނުކުރެވުނު ޑރ. އާމިނަތު ޝާފިޢާ އާއި، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އަށް އަލަށް އައްޔަނު ކުރެވުނު އަލްފާޞިލް މުޙައްމަދު ޝަރީފު އެވެ.
މި ދެ ޕާމަނަންޓް ސެކެރެޓަރީއިންނަށް މަރުޙަބާ ވިދާޅުވެ މަޤާމުގެ ވައުދު ހަވާލުކޮށްދެއްވެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ. ޕާރމަނަންޓް ސެކެރެޓަރީން އަލަށް އައްޔަނުކުރުމަށް މަސައްކަތް ކުރެވެމުންދާ 9 މިނިސްޓްރީގެ ތެރެއިން އަދި މިހާތަނަށް އައްޔަނުކުރެވިފައިވަނީ މި 2 މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީންނެވެ. އަނެއް 7 މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީން އައްޔަނުކުރުމުގެ މަސައްކަތް ކޮމިޝަނުން ކުރިއަށް ގެންދެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026