12 ޖަނަވަރީ 2019
މާލޭގައި ހިނގަމުންދާ އަމިއްލަ ކޮލެޖެއް ކަމުގައިވާ މަންދު ކޮލެޖުން ދަރުބާރުގޭ ރަންނަބަނޑޭރީ މާލަމުގައި ބޭއްވި ކެރިއަރ ގައިޑެންސް ޕްރޮގްރާމްގައި ސިވިލް ސަރވިސް ކޮމިޝަނުން ބައިވެރި ވެއްޖެއެވެ. މި ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމް ބައިވެރިވެވަޑައިގެން ވާހަކަފުޅުދެއްކެވިއެވެ. ރައީސްގެ ވާހަކަފުޅުގައި މަންދުކޮލެޖުން ސުކޫލްތަކުން ކިޔަވާނިމޭ ޒުވާނުންނަށް ވަޒީފާއަށް ނުކުތުމުގައި ކުރާނެ މަސައްކަތެއް ނުވަތަ ކެރިއަރއެއް އިޚްތިޔާރުކުރުމަށް މަޢުލޫމާތްދިނުމަށް ކެރިއަރ ގައިޑެންސް ޕްރޮގްރާމެއް އިންތިޒާމުކުރެއްވީތީ މަރުޙަބާވިދާޅުވެ، މިފަދަކަންކަމުގައި މަތީތަޢުލީމުދޭ މަރުކަޒުތަކަށް ކޮމިޝަނުގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަންލިބޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން މަތީ ތަޢުލީމް ހާޞިލް ކުރުމަށް ޒުވާނުންނަށް ފައިސާގެ އެހީތެރިކަން ދެއްވާއިރު، ސަރުކާރަށާއި ޤައުމަށް މިއަދު ބޭނުންވާ ދާއިރާތަކުން ކިޔެވުމަށް ހިތްވަރުދެއްވަވާ އެފަދަ ދާއިރާތަކުން ކިޔެވުމަށް ފައިސާގެ އެހީތެރިކަންދެއްވުމުގެ ސިޔާސަތެއް އެކުލަވާލެއްވުމަށް އެދިވަޑައިގެންނެވިއެވެ.
12 ޖަނަވަރީ 2019 ގައި ބޭއްވުނު ކެރިއަރ އިޙްތިޔާރު ކުރުމަށް މަޢުލޫމާތް ދިނުމުގެ ޕްރޮގްރާމް މެންދުރުފަހު 2:30 ން ރޭގަނޑު 10 ޖަހަންދެން ދިގުދެމިގެން ދިޔައިރު، ކޮމިޝަނުގެ ޓީމަކުން ދިވެހި ސިވިލް ސަރވިސްގައި ހުރި ވަޒީފާގެ ފުރުޞަތު ތަކާބެހޭ ގޮތުންނާއި ސިވިލް ސަރވަންޓަކަށް ވުމުން ލިބޭފައިދާތަކާއި ގުޅޭގޮތުން މަޢުލޫމާތް ދީފައިވެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026