10 ފެބްރުއަރީ 2019
ދުބާއީގައި މިހާރު ކުރިއަށްދާ 7 ވަނަ ވާލްޑް ގަވަންމަންޓް ސަމިޓްގެ ތެރޭގައި ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދު ޔުނައިޓެޑް އަރަބި އެމަރޭޓްސް ގެ ޕްރައިމިނިސްޓަރ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ބިން ޓަލިއާ އާއިއެކު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާ ބައްދަލުވުމުގައި ވާހަކަދެކެވުނީ ޔޫއޭއީގައި ސަރުކާރާއި ސަރުކާރު ނޫން އޮފީސްތައް ވަޒަންކޮށް ހިންގުންތެރިކަމާއި ޚިދުމަތް ދިނުމުގައި ފެންވަރުހުރިނެތްގޮތާ ގުޅޭގޮތުންދެވޭ މިންގަނޑު ކަމުގައިވާ ސްޓާރ ރޭޓިންގ ދިނުމުގައި އަމަލު ކުރެވޭގޮތާއި އެކަންކުރުމަށް ކޮމިޝަނުގެ މުވައްޒަފުން ތަމްރީނުކޮށް މައުލޫމާތާއި، ތަޖުރިބާ ހިއްސާކުރުމާ ގުޅޭގޮތުންނެވެ. މިކަމުގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ޔޫއޭއީގެ ޕްރައިމިނިސްޓަރ އޮފީހުން ފޯރުކޮށްދެއްވަވާނެ ކަމުގައި ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ. އަދި މިކަމާގުޅޭގޮތުން ފަހުމުނާމާއެއް އެކުލަވާލުމުގެ ކަންތައްކުރިއަށް ގެންދިއުމަށްވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
މި މަޝްވަރާ ބައްދަލުވުމުގައި، ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، މެންބަރު ފާތިމަތް އާމިރާ އާއި ސެކެޓްރީ ޖެނެރަލް ޑރ. އިބްރާހިމް ޒުހުރީ އެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026