28 ފެބްރުއަރީ 2019
2016 އިން 2020 އަށް ހިންގެމުންދާ ދިވެހި ސިވިލް ސަރވިސްގެ 2 ވަނަ ސްޓެރެޓެޖިކް ޕްލޭން ތަންފީޒުކުރެވެމުންދާ މިންވަރުބެލުމަށްޓަކައި އުފެދިފައި އޮންނަ ސްޓެރެޓެޖިކް ޕްލޭން އޯވަރސައިޓް ކޮމިޓީގެ ބައްދަލުވުމެއް މިއަދު ކޮމިޝަނުގައި ބާއްވައިފިއެވެ. މިއީ ކޮންމެ 6 މަހަކުން އެއްފަހަރު ބާއްވާ ބައްދަލުވުމެކެވެ. ނަމަވެސް ކޮމިޝަނަށް ދިމާވި ބައެއް ހުރަސްތަކާހެދި މިކޮމިޓީގެ ބައްދަލުވުމެއް މިދިޔައަހަރު ވަނީ ނުބޭއްވިފައެވެ. ނަމަވެސް އާހިތްވަރަކައެކު މިއަހަރުން ފެށިގެން މިކޮމިޓީގެ މަސައްކަތްތައް ގަވާއިދުން ކުރިއަށްގެންދިއުމަށް މިއަދު ބޭއްވުނު ބައްދަލުވުމުންވަނީ ނިންމާފައެވެ.
އޯވަރސައިޓް ކޮމިޓީގެ މުޤައްރިރަކީ އެޓާރނީ ޖެނެރަލްގެ ޕާރމަނަންޓް ސެކެޓްރީ އަލްފާޟިލާ ސުލްތާނާ ޝާކިރެވެ. މިއަދުގެ ބައްދަލުވުމުގައި މިކޮމިޓީގެ މަސައްކަތަށް ހުރަސްއެޅިފައިވީ ސަބަބުތައް ބަޔާންކޮށްދެއްވަވައި އަދި ކުރިމަގުގައި ކޮމިޓީ ހަރަކާތްތެރިކުރެއްވުމަށް ކޮމިޓީގެ މެންބަރުން އިތުރުހިތްވަރެއް ލައްވަވައި މަސައްކަތް ކޮށްދެއްވުމަށް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އެދިވަޑައިގެންނެވިއެވެ. މިއަދުގެ ބައްދަލުވުމުގައި ސްޓްރެޓެޖިކް ޕްލޭންގެ 5 އަމާޒު ކަމުގައިވާ (ސްޓްރެޓެޖިކް ތަރަސްޓް) އިދާރީ އޮނިގަނޑު ހަރުދަނާކުރުމާއި އިންސާނީ ވަސީލަތް ތަރައްޤީ ކުރުމާއި، އިދާރާތައް ބާރުވެރިކުރުމާއި ރައްޔިތުންނަށް އަމާޒުކުރެވި ޚިދްމަތުގެ ފެންވަރު ރަނގަޅުކުރުމާއި އަދި އެހެންފަރާތްތަކާއި އެކުގައި ގުޅުން ބަދަހިކުރުމުގެ މަސައްކަތް ފާއިތުވެދިޔަތާނގައި ކުރިއަށްގެންދެވިފައިވާ މިންވަރު ވަޒަންކޮށް އިސްލާހުކުރަންވީ ކަންކަން ދެނެގަނެވިފައިވެއެވެ. އަދި ކުރިއަށްއޮތްތާނގައި ސްޓެރެޓެޖިކް ޕްލޭން ފުރިހަމަ އަށް ހިންގުމަށް ބޭނުންވާ ކަންކަމަކީ ކޮބައިކަން ދެނެގަނެ އެކަން ޙާސިލްކުރާނެ އާގޮތްތަކުގެ މައްޗަށް މަޝްވަރާކުރެވި ނިންމުންތަކެއް ނިންމިފައިވެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026