21 ފެބްރުއަރީ 2019
ދިވެހި ސިވިލް ސަރވިސްގެ ބައެއްކަންކަން ނިލަންދެ އަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްއިން ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރެވިދާނެގޮތްތަކާ ގުޅޭގޮތުން މިއަދު ކައުންސިލްގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތް ކުރައްވަވައި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއެކު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ ބަނޑިދޫ ކައުންސިލްގެ އިދާރީ އޮނިގަނޑުތަކުގައިވާ މަޤާމުތަކަށް މުވައްޒަފުން ހަމަނުޖެހިވާތީ ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުންނެވެ. އަދި ކޮމިޝަނުގެ ފަރާތުން މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ކައުންސިލަށް ހުރިހާކަމެއްގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަގީންކަން ކޮމިޝަނުގެ ރައީސް ބަނޑިދޫ ކައުންސިލްގެ ބޭފުޅުންނަށް އެރުވިއެވެ. އަދި ކައުންސިލްގައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ކަންކަން ކުރިއަރުވައި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ލިބެންހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ކޮމިޝަންގެ ފަރާތުން ކައުންސިލާއި ހިއްސާކުރެއްވިއެވެ.
މިއަދުގެ ކޮމިޝަނުގައި ބޭއްވުނު ބައްދަލުވުމުގައި ބަނޑިދޫ ކައުންސިލްގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގެންނެވީ ކައުންސިލްގެ ރައީސް އަލްފާޟިލް ޙަސަން ޙަނީފް އާއި ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް މުހައްމަދު މަމްދޫހް އަދި ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ އަލްފާޟިލް އަހްމަދު މޫސާ އެވެ. ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ ކޮމިޝަނުގެ ރައީސްގެ އިތުރުން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ޒުހުރީ އެވެ.
މި ބައްދަލުވުމުގައި ނިލަންދެ އަތޮޅު ދެކުނުބުރީ ބަނޑިދޫ އަށް ކޮމިޝަނުގެ ރައީސް ޒިޔާރަތްކުރެއްވުމަށް ކައުންސިލްގެ ރައީސް އަލްފާޟިލް ޙަސަން ޙަނީފް ދައުވަތުދެއްވެވިއެވެ. މި ދައުވަތު ގަބޫލުފުޅުކުރައްވަވައި ފަސޭހަފުޅު ތާރީޚެއްގައި ދާދި އަވަހަށް ބަނޑިދޫއަށް ޒިޔާރަތް ކުރައްވަވާނެ ކަމުގެ ޔަޤީންކަން ރައީސްދެއްވެވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026