17 ފެބްރުއަރީ 2019
ދެ ދުވަހުގެ ދަތުރުފުޅެއްގައި އޯމާންގެ ވެރިރަށް މަސްކަޓް އަށް މިހާރު ޒިޔާރަތްކުރައްވަމުން ގެންދަވާ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އޯމާން ގެ މިނިސްޓަރ އަވުޤާފް & ރިލިޖާރސް އެފެއާރޒް ޝެޚް އަބްދުއްލޯ ބިން މުޙައްމަދު ބިން އަބްދުއްލާ އަލް ސަލާމީ ގެ އަރިހަށް އިއްޔެ އިހުތިރާމްގެ ޒިޔާރަތެއްކުރައްވަވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި އޯމާނާއި ރާއްޖެއާދެމެދު އޮތް އެކުވެރިކަމުގެ ގުޅުމަށާއި އަދި ތާރީޚީ ގުޅުންތަކުގެ މައްޗަށް ވާހަކަފުޅު ދެކެވުނެވެ. އަދި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު އޯމާނާއި ރާއްޖެއަށް ދިމާވަމުންދަނީ އެއްކަހަލަ ގޮންޖެހުންތަކެއް ކަމުގައި ފާހަގަކޮށް އީޖާދީ އާ ގޮތްގޮތައް މިކަންކަމުން އަރާގަތުމަށް ބޭނުންވާކަމުގައި މަޝްވަރާކުރެވުނެވެ. ޚާއްސަކޮށް އޯމާނަކީ ދީނީ އަދި ދުނިޔެވީކަންކަމުގައި މެދުމިނުގެ ސިޔާސަތުގެންގުޅޭ އެންމެނާއިގުޅޭ ގައުމެއްކަމުން، ރާއްޖެފަދަ ގައުމަކަށް އޯމާނުން ދަސްކުރެވިދާނެ ރަނގަޅު ފިލާވަޅުތަކެއް ހުރެދާނެކަމުގައި ކޮމިޝަނުގެ ރައީސް ފާހަގަކޮށް ދިވެހި ސިވިލް ސަރވަންޓުންނަށް އޯމާނުގައި ތަޖްރިބާ ހާޞިލްކުރުމުގެ ފުރުޞަތުލިބިދިނުމަށް އެދިވަޑައިގަންނަވާކަމުގައި ރައީސް ފާހަގަކުރެއްވެވިއެވެ. އަދި ކޮމިޝަނުގެ ރައީސް އަށް ދެއްވެވިމެހުމާންދާރީއަށްޓަކައި އިސްލާމިކް މިނިސްޓަރަށް ޝުކުރުއަދާކުރެއްވެވިއެވެ.
ކޮމިޝަނުގެ ރައީސް އިސްލާމިކް މިނިސްޓަރާ އެކު ބޭއްވުނު ބައްދަލުކުރެއްވުމުގައި މިދިޔައަހަރު ޑިސެމްބަރ މަހު ރާއްޖެއަށް ޒިޔާރަތްކުރައްވަވާފައިވާ މިނިސްޓަރ ގެ އެޑްވައިޒަރ ޑރ. އިސްމާއިލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026