14 ފެބްރުއަރީ 2019
ޔުނައިޓަޑް އަރަބި އެމަރޭޓްސް ގައި ސިވިލް ސަރވިސް ގެ މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ގައުމީ އިދާރާ ކަމުގައިވާ ފެޑެރަލް އޮތޯރެޓީ ފޯ ހިއުމަން ރިސޯސަސް (އެފް އޭ އެޗް އާރް) އާއި ކޮމިޝަނާދެމެދު ގުޅުންބަދަހިކޮށް އެއްބަޔަކު އަނެއްބަޔަކާދެމެދު ތަޖްރިބާ ހިއްސާކުރުމާއި ހިންގުމުގެ ގާބިލުކަން އިތުރު ކުރެވިދާނެ ގޮތްތައް ދެނެގަތުމުގެގޮތުން މަޝްވަރާކުރެވިއްޖެއެވެ.
މި މަޝްވަރާކުރެވުނީ މިހާރު ޔޫއޭއީ އަށް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ކުރައްވަމުންގެންދަވާ ދަތުރުފުޅުތެރޭގައި އެފް އޭ އެޗް އާރު ގެ މަރުކަޒަށް ޒިޔާރަތްކުރައްވަވައި އެފަރާތުގެއިސް ބޭފުޅުންނާއެކު ބޭއްވުނު ބައްދަލުވުމެއްގައެވެ. މި މަޝްވަރާ ބައްދަލުވުމުގައި އެފް އޭ އެޗް އާރު ގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެތާގެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސަލަންސީ ޑރ. އަބްދުލްރަހުމާން އަބްދުލް މަންނާން އަލް އަވަރު އާއި ސަޕޯޓް ސާރވިސާސް ސެކްޓަރގެ ޗީފް އެގްޒެކެޓިވް އޮފިސަރ މިސްޓަރ އިބްރާހިމް އަހްމަދު ފިކްރީ އާއި އަދި ހިއުމަން ރިސޯސާސް ޕޮލިސީ ސެކްޓަރ ގެ ޗީފް އެގްޒެކެޓިވް އޮފިސަރ މިސް އައިޝާ ޚަލީފާ އަލް ދުވައިދީއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި މިހާރު ދެފަރާތު ދެމެދުގައި ސޮއިކުރެވިފައިވާ ފަހުމުނާމާގެ މުއްދަތު މިއަހަރުގެ މޭމަހަށް ހަމަވާތީ މި މުއްދަތު އިތުރުކުރުމަށް ދެފަރާތު ދެމެދުގައި އެކަމުގެ ލިއުން ބަދަލުކުރުމަށް އެއްބަސްވެވުނެވެ. އަދި އެފް އޭ އެޗް އާރު އިން ބާއްވާ ދިރާސީ އަދި އިލްމީ ކޮންފަރެންސްތަކަށް ސިވިލް ސަރވިސް ކޮމިޝަނުން ބައިވެރިވުމަށް ދައުވަތުދިނުމަށާއި، އެ އޮތޯރިޓީ އިން ނެރޭ ޢިލްމީ ދިރާސާތަކުގެ ކޮޕީ ކޮމިޝަނަށާއި ސިވިލް ސަރވިސް ޓްރެއިނިން އިންސްޓިޓިއުޓް އަށް ހިލޭ ފޮނުވާދޭ ގޮތަށް ހަމަޖެހުނެވެ. މީގެ އިތުރުން 2 މުއައްސަސާ ގުޅިގެން ދިރާސާތައް ކުރުމާއި، އަދި ދިވެހި ސިވިލް ސަރވަންޓުންނަށް ޔޫއޭއީގައި ތަމްރީން ލިބުމުގެ ފުރުސަތު ފަހިކޮށްދެވޭތޯ މަސައްކަތް ކުރައްވާނެކަމުގައި ޑިރެކްޓަރ ޖެނެރަލް ވިދާޅުވެފައިވެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026