27 މާޗް 2019

އަންހެނުންނަށް ދިމާވާ ގައިނޮކޮލޮޖިކަލް ބައްޔެއްކަމުގައިވާ އޮންޑްމެޓްރޯސިސް އާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް މިބަލި ތަހައްމަލުކުރަމުންދާ އަންހެން ސިވިލް ސަރވަންޓުން ވެސް އިތުރުވަމުން ރާއްޖޭގައި ދާތީ މިކަންކަމުގެ މައްޗަށް މަޢުލޫމާތު ދިނުމުގެ ގޮތުން މަސައްކަތްކުރުމަށް އަލަށް އުފެދުނު އެންޑޮމެޓްރޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވިސް ގެ ފަރާތުން ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއި މިއަދު ކޮމިޝަނުގައި ބައްދަލުކުރައްވައިފިއެވެ.
މި އެސޯސިއޭޝަންގެ ފަރާތުން މިބައްދަލު ކުރެއްވުމުގައި ބައިވެރިވެވަޑައިގަތީ އެ ޖަމްއިއްޔާގެ ރައީސާ ފާތިމަތް މިޒްނާ އާއި ޕްރިންސިޕަލް ސްޓެރެޓެޖިސްޓް އާމިނަތް ހުސެއިން ޝަރީފެވެ. މިބައްދަލުކުރެއްވުމުގައި 31 މާރިޗު 2019 ވަނަދުހުވަހުގެރޭ ހޮޓެލް މާގިރީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޖަމްއިއްޔާ ރަސްމީކޮށް އިފްތިތާޙްކުރެވޭ ޖަލްސާގައި ބައިވެރިވަޑައިގެންދެއްވުމަށް ކޮމިޝަނުގެ ރައީސަށް ދައުވަތް ދެއްވެވިއެވެ.
މި ޖަމްއިއްޔާއިން ހޭލުންތެރިކަން އިތުރު ކުރުމަށް ކޮމިޝަނުގެ ފަރާތުން ދެވެން އޮތް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށާއި، ދިވެހި ސިވިލް ސަރވަންޓުންނަށް މިބައްޔާގުޅޭގޮތުން މަޢުލޫމާތް ލިބުމަކީ ވަރަށް މުހިންމު މަކެއްކަމުގައި މިބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ވިދާޅުވެފައިވެއެވެ.
ފަހުގެ ޚަބަރުތައް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025

ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
.jpg)
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025

ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
.png)
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024