ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ އެސް ޓީ އައި) ގައި ކިޔަވާދެމުންގެންދާ ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކަމުގައި ހިމެނޭ ބައެއްކަމުގައިވާ " އެންޓަރޕްރީނޯސް" ނުވަތަ ތަކެތި އުފައްދައި ބާޒާރުކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް އަމަލީ ތަޖްރިބާ ހާޞިލްކޮށްދިނުމަށް މިކޯހުގެ ބައިވެރިންނަށް ކުޑަބާޒާރެއް މިއަދު ސީއެސްޓީ އައި ގައި ބާއްވައިފިއެވެ. ކޯހުގެ ބައިވެރިން 4 ގްރޫ÷ޕަކަށް ބަހާލައިގެން ކާބޯތަކެތި އުފައްދާ ބާޒާރުކުރުމުގެ ތަޖްރިބާ ހޯދުމުގެ މިހަރަކާތުގައި ގިނަވައްތަރެއްގެ ތަކެތި ރަނގަޅު ފެންވަރަކަށް ތައްޔާރުކޮށް އެތަކެތި ޕެކްކޮށް ލޭބަލްކޮށް (ނަންޖަހައި) ޒިޔާރަތް ކުރިފަރާތްކަށް ވަނީ ވިއްކާފައެވެ.
ސީއެސްޓީ އައި ދަރިވަރުންނާއި ލެކްޗަރާއިން އަދި ހެޔޮއެދޭފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވުނު ދަސްކުރުމުގެ ބާޒާރަށް ނުވަތަ މައުރަޒަށް ވަރަށްބޮޑު ތަރުޙީބެއްލިބި ތައްޔާރުކުރި ހުރިހާ ތަކެތި މިއަދު ވިކިހުސްވިއެވެ. މިއަދުގެ މިހަރަކާތުގައި ބައްލަވާލެއްވުމަށާއި ދަރިވަރުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމްވެސް މިހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިހަރަކާތަށް ލިބުނު ތަރުޙީބުގެ ބޮޑުކަމުން ސީއެސްޓީ އައިގެ ޑިރެކްޓަރ ފާތްމަތު ހަބީބާ ވިދާޅުވެފައިވަނީ ކުރިއަށް އޮތްތާނގައި ރަނގަޅަށް މިފަދަކަންކަން އިންތިޒާމްކޮށް ވީހާގިނަބަޔަކަށް ބައިވެރިވެވޭގޮތަށް ރާވާނެކަމަށާއި، ދަރިވަރުން ދައްކުވައިދިން ހުނަރަށާއި ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙުއަށް ވަރަށް ބޮޑަށް ތަޢުރީފްކުރައްވަވާ ކަމަށެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026