ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވަވާފައި ހުންނަ ސަފީރު، ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް (ރިޓަޔާރޑް) މިސްޓަރ ވަސީމް އަކުރަމް ތަޢާރަފްވެވަޑައިގަތުމުގެ ޒިޔާރަތެއް މިއަދު ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ( ސީ އެސް ޓީ އައި) އަށް ކުރައްވަވައިފިއެވެ.
އެމަނިކުފާނު ސީއެސްޓީ އައިގެ އިމާރާތަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވެ އިސްތިޤްބާލު ކުރެއްވެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި މެންބަރ އަލްއުސްތާ÷ޛް ޒަކަރިއްޔާ ހުސެއިނާއި އަދި ޑިރެކްޓަރ ފާތުމަތު ހަބީބާއެވެ. ސަފީރުގެ މި ޒިޔާރަތުގައި ސީއެސްޓީ އައި ގެ ކުލާސްތަކާއި ދެމުންދާ ޚިދްމަތްތައް ހުރިނެތްގޮތްބައްލަވާ ލައްވަވައި އަދި އިންސްޓިޓިއުޓްގެ ކެޕޭސިޓީ (ޤާބިލުކަން) އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވެވިއެވެ.
ޕާކިސްތާނުން 2017 ވަނަ އަހަރުވަނީ ސީއެސްޓީ އައި އަށް 2 ސްމާރޓްބޯޑް ހަދިޔާކުރައްވަވާފައެވެ. ކޮމިޝަނުގެ މެންބަރު އަލްފާޟިލާ ފާތިމަތް އާމިރާ ވެސް ބައިވެރިވެވަޑައިގެންނެވި މަޝްވަރާ ބައްދަލުވުމުގައި އެ އިންސްޓިޓިއުޓް ތަރައްޤީ ކުރުމަށް ރޭވިފައިވާ ކަންކަމުގެ މަޢުލޫމާތު ސަފީރު ސާފު ކުރައްވަވައި، ކުރިއަށް ތާނގައިވެސް އިންސްޓިޓިއުޓް ގެ ކަންކަން ކުރިއެރުވުމަށް އެހީތެރިވެދެއްވަވާނެކަމުގައި ބަޔާންކުރެއްވެވިއެވެ.
ޕާކިސްތާނުގެ ސަރުކާރުގެ ފަރާތުން ދިވެހި ސިވިލް ސަރވިސް ގެ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ސީ އެސްޓީ އައި އަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވަވައި ކޮމިޝަނުގެ ރައީސް ކޮމިޝަނުގެ ނަމުގައި ސަފީރަށް ޝުކުރުއަދާކުރެއްވެވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026