ސިވިލް ސަރވިސް ކޮމިޝަނުގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯރޓް މިއަދު ކޮމިޝަނުން އާންމުކޮށްފިއެވެ. މިގޮތުން މި ރިޕޯރޓްގެ ސޮފްޓް ކޮޕީ ބޭނުންފުޅުވާ ކޮންމެފަރާތަކަށް ބައްލަވާލެއްވޭގޮތަށް އަދި ޑައުންލޯޑް ކުރެވޭގޮތަށް މި ރިޕޯރޓްވަނީ ކޮމިޝަނުގެ ވެބްސައިޓްގައި ހިމެނިފައެވެ.
97 ސޮފްޙާގެ ކޮމިޝަނުގެ ރިޕޯރޓްގައި ސިވިލް ސަރވިސް ކޮމިޝަނުން ދިވެހި ސިވިލް ސަރވިސްގެ ކަންތައްތައް ރާވައި، ހިންގައި ބަލަހައްޓާފައިވާ ގޮތުގެ މަޢުލޫމާތާއި ތަފާސްހިސާބުތައް ހިމެނިފައިވެއެވެ. މީގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތައް ހިނގާދިޔަގޮތުގެ މަޢުލޫމާތާއި ތަފާސް ހިސާބުތައް ހިމެނިފައިވެއެވެ.
ނިމިދިޔަ 2018 ވަނަ އަހަރަކީ ދިވެހި ސިވިލް ސަރވިސް މިނިވަން މުސްތަ÷÷ޣިއްލު ޚިދްމަތެއްގެ ގޮތުގައި ގާއިމުވެ ހިނގަމުންދާތާ 10 އަހަރުފުރުނު އަހަރުކަމުން ރިޕޯރޓްގައި ފާއިތުވެދިޔަ 10 އަހަރު ތެރޭގައި ހޯދިފައިވާ ކާމިޔާބުތަކުގެ މައްޗަށް ކުރުކޮށްއަލި އަޅުވާލެވިފައިވެއެވެ. މީގެއިތުރުން ޚާއްސަކޮށް 2018 ވަނަ އަހަރު ދިވެހި ސިވިލް ސަރވިސްގެ ޚިދްމަތްތައް ކުރިއަރުވައި ތަރައްޤީ ކުރުމަށްކުރެވިފައިވާ ކާމިޔާބު މަސައްކަތްތަކާއި، ދިމާވި ގޮންޖެހުންތަކާއި އަދި 2019 ވަނަ އަހަރަށް ރާވާކަންކަމުގެ މަޢުލޫމާތުވެސް މިރިޕޯރޓްގައި ބަޔާންކުރެވިފައިވެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026