29 އޭޕްރީލް 2019
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓް (ސީ.އެސް.ޓީ.އައި) ގެ ޑިރެކްޓަރ އަލްފާޟިލާ ފާޠިމަތު ޙަބީބާ 6 ވަނަ ސާރކް ސައުތު އޭޝިއާ ރީޖަން ޕަބްލިކް ޕްރޮކިއުމެންޓް ކޮންފެރެންސްގައި ބައިވެރިވެވަޑައިގެންފިއެވެ. "ޕްރޮފެޝަނަލައިޒޭޝަން އެންޑް ކެޕޭސިޓީ ބިލްޑިންގް" މި ޝިއާރުގެ ދަށުން ބޭއްވުނު ކޮންފެރެންސް ބާއްވާފައިވަނީ ބޫޓާން ގެ ތިމްޕޫ ގައި މި މަހުގެ 22 އިން 24 އަށެވެ. 100 އަށް ވުރެ ގިނަ ސާރކް މެންބަރު ޤައުމު ތަކުގެ އިސް ފަންތީގެ ވެރިން ބައިވެރިވެވަޑައިގެންނެވި މި ކޮންފެރެންސް ގައި ސާރކް މެންބަރު ޤައުމު ތަކުގެ ޓްރެއިނިންގ އިންސްޓްޓިއުޓް ތަކުގެ ޑިރެކްޓަރ މަގާމުގެ ބޭފުޅުންނާއި ފައިނޭންސް މިނިސްޓްރީގެ ޗީފް ޕްރޮކިއުމެންޓް އޮފިސަރ ލެވެލް ގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މި ކޮންފެރެންސްގައި ސީ.އެސް.ޓީ.އައި އާ ބެހޭ ޕްރެޒެންޓޭޝަނެއް ފާތިމަތު ހަބީބާ ވަނީ ހިއްސާކުރައްވާފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026