25 އޭޕްރީލް 2019
21 އެޕްރީލު 2019 ގައި ސްރީލަންކާގެ އެތައްތަނަކަށް ކުއްލި ގޮތަކަށް ދިން ހަމަލާތަކާގުލިގެން ސްރީލަންކާ އަށް ދިމާވި ހިތާމާގައި ސިވިލް ސަރވިސް ކޮމިޝަނުންނާއި އަދި ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފަރާތުން ބައިވެރިވާ ކަންފާޅުކުރައްވަވައި މިއަދު ކޮމިޝަނުގެ ފަރާތުން މާލޭގައި ހުންނަ ސިރީލަންކާގެ އެމްބަސީގައި ހުޅުވާފައިވާ ތަޢުޒިޔާ ފޮތުގައި ސޮއިކުރައްވަވައިފިއެވެ. މިފޮތުގައި ސޮއިކުރެއްވެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި، މެންބަރު ފާތުމަތް އާމިރާއެވެ.
ތަޢުޒިޔާ ފޮތުގައި ބަޔާންކުރައްވާފައިވަނީ މި ލާއިންސާނީ ހަމަލާތައް އެންމެ ހަރުކަށި ގޮތުގައި ކުށްވެރިކުރާކަމަށާއި މި ހިތާމައިގައި ބައިވެރިވެ އެކުވެރި އަދި އަވަށްޓެރި ސްރީލަންކާގެ ސަރުކާރާއި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ތަޢުޒިޔާ ކިޔާކަމަށެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި މި އަނިޔާވެރި ހަމަލާ ތަކުގައި ފުރާނަގެއްލިދިޔަ ފަރާތްތަކުގެ އާއިލާތަކަށާއި ރަޙުމަތްތެރިންނަށް ތައުޒިޔާ ފޮނުވާކަމަށާއި، ޒަހަމްވެފައިވާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދޭކަމަށެވެ.
މި ހިތާމަވެރި ހާލަތުން އަރާގަތުމަށް ދިވެހިންތިބީ ސްރީލަންކާ އާއިއެކު އަތާއަތްގުޅުވާލައި އެކުއެކީގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި އަލުން އާންމު ހާލަތަށް އަވަހަށް ރުޖޫއަވެ އަމަން އަމާންކަން ގާއިމުވުމަށް އެދިގެން ކަމުގައިވެސް ކޮމިޝަނުގެ ފަރާތުން ލިއުނު ތަޢުޒިޔާ މެސެޖްގައި ބަޔާން ކޮށްފައިވެއެވެ. އަދި ކުއްލި ނުރައްކާތެރި ހަމަލާ އާއި ގުޅިގެން ސިއްޙީ އަދި އިމަޖަންސީ ޚިދްމަތްފޯރުކޮށްދިން ފަރާތްތަކާއި ދަރުމަވެރިން ފޯރުކޮށްދިން އެހީތެރިކަމަށް ތަޢުރީފްކުރާކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026