23 އޭޕްރީލް 2019
ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް ރާއްޖޭގައި ސިއްޙީ ޚިދުމަތްދޭ ސިވިލް ސަރވިސްގެ އެންމެ ބޮޑު އިދާރާކަމުގައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އެންމެ އިސް ހިންގުންތެރިންނަށް މަސައްކަތުގެ ހުނަރު ތާޒާކުރުމުގެ ގޮތުން މަޢުލޫމާތު ކޮޅެއް ޙިއްސާކުރައްވައިފިއެވެ. މި މަޢުލޫމާތު ކޮޅު ޙިއްސާކުރެއްވެވީ މިއަދު އައި.ޖީ.އެމް.އެޗުގެ އިސް ހިންގުންތެރިންނަށް އެ ހޮސްޕިޓަލުގައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ބޭއްވި ސްޓްރެޓެޖިކް ޕްލޭން ހެދުމާގުޅޭ ސެޝަނުގެ ތެރެއިންނެވެ.
އައި.ޖީ.އެމް.އެޗުގެ ފަރާތުން ގެންދަވަނީ އެތަނުގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކޮށް ހަލުވިކުރުމުގެ ގޮތުން ހުރިހާ ފެންވަރެއްގެ މުވައްޒަފުންނަށް މަސައްކަތުގެ ޤާބިލުކަމާއި ހިންގުމުގެ ހުނަރު ތާޒާކުރުމަށްޓަކައި ތަމްރީނުތަކެއް ރާވާއި ހިންގަވަމުންނެވެ. ކޮމިޝަނުގެ ރައީސް މަޢުލޫމާތު ދެއްވެވީ އިސްވެރިއެއްގެ ގޮތުން ޒަމާނީ ހިކުމަތްތައް ބޭނުންކޮށް ސައިންޓިފިކް ގޮތެއްގައި ސްޓްރެޓިޖިކް މެނޭޖުމަންޓް ގެންދިޔުމުގައި ބޭނުންކުރެވިދާނެ ކަންކަމާއި އަދި ބޭނުން ހިފިދާނެ ތަކެއްޗާއި ބެހޭ ގޮތުންނެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026