ހައްދުންމަތީ މުންޑޫ ކައުންސިލްގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް މިއަދު ޒިޔާރަތް ކުރައްވައި، ކޮމިޝަން ރައީސް ޑރ.ޢަލީ ޝަމީމް އާއެކު މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ބައްދަލުކުރެއްވުމުގައި، މުންޑޫ ކައުންސިލް ރަށުގެ އިދާރީ އޮނިގަނޑުތަކުގައިވާ މަޤާމުތަކަށް މުވައްޒަފުން ހަމަނުޖެހިވާތީ ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުންނާއި އަދި މާބަނޑުވުމާއި ވިހެއުމާއި ގުޅިގެން ދެވޭ ޗުއްޓީއާ ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.
ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރިކުރުވުމަށް ވަރަށްބޮޑަށް އިސްކަން ދެއްވަން ބޭނުންފުޅުވާކަމަށާއި އެހެންކަމުން ކައުންސިލްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ޤާބިލްކަން އިތުރުކޮށް ތަމްރީންދިނުމަކީ މުހިންމުކަމެއް ކަމަށް ފާހަގަކުރައްވައި، މިކަމުގައި ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައި ގަންނަވާނެކަމުގައި ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.
މިއަދުގެ ކޮމިޝަނުގައި ބޭއްވުނު ބައްދަލުވުމުގައި މުންޑޫ ކައުންސިލްގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގެންނެވީ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހިމް ނަޢީމް އާއި ކައުންސިލަރ އަލްފާޟިލް ޙުސައިން ޒަޢީމް ގެ އިތުރުން ޒިންމާދާރުވެރިޔާ އަލްފާޟިލް ޙުސައިން ޖަޙުޝް އެވެ. ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ ކޮމިޝަނުގެ ރައީސްގެ އިތުރުން ކޮމިޝަނުގެ ސީނިއަރ ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އެގްޒެކެޓިވް އަލްފާޟިލާ ނަފްޙާ ޙުސައިން އާއި ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އެގްޒެކެޓިވް އަލްފާޟިލާ އާމިނަތު ޝަހުޒާ އެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026