މިއަހަރުގެ ދިވެހިބަހުގެ ދުވަސް މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ފާހަގަކޮށްފިއެވެ. މިއަދު ހެނދުނު މިކަމަށް ބޭއްވުނު ޙާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އެވެ. ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ބައިވެރިވި މިރަސްމިއްޔާތުގައި ދުވަހުގެ ޝިޢާރު ކަމުގައިވާ " ބުނާނީ ލިޔާނީ ދިވެހިބަހުން" މި ޝިޢާރުގެ މައްޗަށް އަލިއަޅުވާލައްވައި ކޮމިޝަނުގެ ރައީސް ވާހަކަފުޅުދެއްކެވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ދިވެހިބަހުގެ ދުވަހެއް ޤައުމީ ފެންވަރެއްގައި ކޮންމެ އަހަރަކު ފާހަގަކުރުމުގެ ބޭނުމުގެ މައްޗަށާއި އަދި ދިވެހި ބަހުގެ ތާރީޙް ގެ މައްޗަށް އަލިއަޅުވާލައްވަވައި، މަޢުލޫމާތު ހިއްސާކުރެއްވެވިއެވެ. މިގޮތުން ދިވެހިބަހުގެ އަކުރުތައް އުފެދިގެން އައި ގޮތުގެ މައްޗަށް ތާރީޙީ ނަޒަރަކުން ބައްލަވާލައްވައި، އެވޭލާ އަކުރާއި ދިވެސް އަކުރު އަދި ތާނައަކުރު އުފެދިގެން އައި ގޮތާއި އަދި ދިވެހިބަހުގެ މަޤާމު ދުނިޔޭގެ ފެންވަރުގައި އޮތްގޮތުގެ މައްޗަށްވެސް އަލިއަޅުވާލެއްވެވިއެވެ.
ކޮމިޝަނުގެ ރައީސް ދުވަހުގެ މުނާސަބަތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންނަށް ޙާއްސަ އިލްތިމާސެއްވެސް ކުރެއްވެވިއެވެ. އެއީ ދިވެހިބަސް ކުރިއަރުވައި ދިވެހި ބަހުން ބުނެވެން އަދި ލިޔެވެން އޮތް ބަހެއްގެ ބަދަލުގައި ބޭރު ބަސްތައް ބޭނުން ނުކުރުމަށް މިއަދުންފެށިގެން މުއައްޒަފުން އަޒުމް ކަނޑައެޅުމަށާއި އަދި ކުށްނެތް ދިވެހި ބަހުން މުއާމަލާތްކޮށް މުވާސަލާތުކުރުމަށް ގޮވާލެއްވުމެވެ. އަދި ކޮމިޝަނުގެ ކޮންމެ ސެކްޝަނެއްގައި ފަސޭހައިން ބަލާލެވޭގޮތަށް ދިވެހި ބަސްފޮތާއި، ދިވެހިބަހުގެ ގަވާއިދު ފޮތްބަޔާއި އަދި ދިވެހިބަހުގެ ހަމައިގެ އަތްމަތީ ފޮތް ލިބޭނެ އިންތިޒާމް ކޮށްދެއްވުމަށް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ އަރިއަހުން އެދިވަޑައިގެންނެވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026