މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ގެ ޕަރމަނަންޓް ސެކްރެޓަރީ (ޕީއެސް) ކަމުގެ މަޤާމަށް އަލްފާޟިލާ ފާތްމަތް ހިލްމީ (ބާޣުބަހާރު/ ޏ. ފުވައްމުލައް) މިއަދު ސިވިލް ސަރވިސް ކޮމިޝަނުން އައްޔަނު ކުރައްވައިފިއެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ގައި މިއަދު މެންދުރުފަހު ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައި ޕަރމަނަންޓް ސެކްރެޓަރީ އައްޔަނުކޮށްދެއްވައި އެކަމުގެ ލިއުން ހަވާލުކޮށްދެއްވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމްއެވެ. ހަޔަރ އެޑިއުކޭޝަންގެ ފަރާތުން މި ރަސްމިއްޔާތުގައި އެ މިނިސްޓްރީ ގެ މިނިސްޓަރގެ ނައިބް އަލްފާޟިލް އިސްމާޢިލް ޒަބީޙު އާއި ޑިޕާރޓްމަންޓް ތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ސިވިލް ސަރވިސްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޕަރމަނަންޓް ސެކްރެޓަރީކަމުގެ މަޤާމަށް މިއަދު އައްޔަނުކުރެވުނު ފާތްމަތް ހިލްމީ އަކީ އެޑިއުކޭޝަން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ގެ ދާއިރާއިން މާސްޓާރސް ހާޞިލް ކުރައްވަވާފައިވާ އަދި ފުރަތަމަ ޑިގްރީ އަކަށް ބެޗްލަރ އޮފް ސައިކޮލޮޖީ ހައްދަވާފައިވާ ބޭފުޅެކެވެ. އަދި ދިވެހި ސިވިލް ސަރވިސްގައި 25 އަހަރު ޚިދުމަތް ކުރައްވަވާފައިވާ ތަޖްރިބާކާރު ސިވިލް ސަރވަންޓެކެވެ. ޕީއެސް އަކަށް އައްޔަނުކުރެވުނުއިރު އޭނާ ހުންނެވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް މަޤާމުގައެވެ. އެމަޤާމުގެ ކުރިން އެބޭފުޅާވަނީ ސްކޫލްތަކުގެ ޕްރިންސިޕަލްކަން ކުރައްވަވައި އަދި ޑެޕިއުޓީ ޕްރިންސިޕަލް އެގްޒަމިނަރ ކަމާއި މިނިސްޓްރީގެ ޑިރެކްޓަރުކަންވެސް ކުރައްވަވާފައެވެ.
އައްޔަނުކުރުމުގެ ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސް ވާހަކަފުޅު ދައްކަވަމުން ގާނޫނާއި ގަވާއިދުތަކާއެއްގޮތަށް އީޖާދީ އަދި އީޖާބީގޮތައްކަންކަން ރާއްވަވައި މައްޗަށް ތިއްބަވާ ސިޔާސީ ވެރިންގެ ލަފާގެ މަތިން ޚާއްސަކޮށް މިނިސްޓަރާއި ގުޅިވަޑައިގެން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށްދެއްވުމަށް އިޚްލާސްތެރި ކަމާއި ފަރުވާތެރިކަމާއެކު މަސައްކަތް ކޮށްދެއްވުމަށް ޕީއެސްގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026