01 އޭޕްރީލް 2019
ވަޒީފާގެ އޮނިގަނޑުތައް އެކުލަވާލުމުގެ ހުނަރު މަތިކުރުމުގެ ގޮތުން މުސާރައިގެ އޮނިގަނޑުތައް އެކުލަވާލުމުގެ ޚާއްޞަ ޓްރެއިނިންގ ސެޝަން އެއް ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންގޮސްފިއެވެ. މި ޓްރެއިނިންގ ސެޝަން ގައި ކޮމިޝަނުގެ 14 މުވައްޒަފަކު ބައިވެރިވެފައިވެއެވެ. 3 ގަޑިއިރަށް ދެމިގެންދިއަ މި ޓްރެއިނިންގ ސެޝަން ނަންގަވާދެއްވާފައި ވަނީ އައިޖީއެމްއެޗް ގެ އެޗް.އާރ ކޮންސަލްޓެންޓް އަލްފާޟިލާ ޢާއިޝަތު ސަމާއެވެ. ޢާއިޝަތު ސަމާ އަކީ މި ދާއިރާއިން މަތީ ތަޢުލީމް ޚާޞިލްކުރައްވާފައިވާ ވަރަށް ތަޖުރިބާކާރު ބޭކަނބަލެކެވެ. ޢާއިޝަތު ސަމާ މީގެކުރިން މިނިސްޓްރީ އޮފް ހެލްތްގެ އެޗް.އާރް ކޮންސަލްޓެންޓެއްގެ ގޮތުގައި 3 އަހަރު ދުވަހު ވަރަށްގިނަ މަސައްކަތަކެއް ކޮށްދެއްވާފައިވާ ބޭކަނބަލެއްކަން ފާހަގަކުރެވިފައި ވެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026