
ސިވިލް ސަރިވސް ގެ ހިންގުން ހަރުދަނާކުރުމާއި މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްތަކެއް ކުރާ ބައިނަލް އަޤްވާމީ ޖަމްއިއްޔާ އެއްކަމުގައިވާ އާސްތާނާ ސިވިލް ސަރވިސް ހަބް (އޭ.ސީ.އެސް.އެޗް) ގެ މެމްބަރެއްގެ ގޮތުގައި ބައިވެރިވުމަށް ސިވިލް ސަރވިސް ކޮމިޝަނާއި އޭ.ސީ.އެސް.އެޗް އާ ދެމެދު ކުރެވޭ އެއްބަސްވުމުގައި ސޮއިކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއި މެމްބަރު ފާތިމަތު އާމިރާ މިއަދު ކަޒަކިސްތާނަށް ފުރާވަޑައިގަންނަވައިފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 13 އިން 14 އަށް ބާއްވާ އާސްތާނާ ސިވިލް ސަރވިސް ހަބް އެނުއަލް ކޮންފަރެންސް 2019 ގެ ތެރޭގައެވެ. 25 އަށް ވުރެ ގިނަ ޤައުމުތަކުން ބައިވެރިވެވަޑައިގަންނަވާ މި ކޮންފަރެންސްގެ މިއަހަރުގެ މައުޟޫއަކީ " ވެލިއުސް، ޓްރަސްޓް އެންޑް ޓެކްނޮލޮޖީ އިން ދަ ޕަބްލިކް ސެކްޓަރ" އެވެ. މިއީ މި ކޮންފަރެންސް ބާއްވާ 6 ވަނަ އަހަރެވެ.
އޭ.ސީ.އެސް.އެޗް އަކީ ކަޒަކިސްތާނުގެ ސަރުކާރާއި، ޔޫ.އެން.ޑީ.ޕީ އާއި ޔޫ.އެސް އެއިޑް އަދި ވޯލްޑް ބެންކް އާއި ޔޫރަޕިއަން ޔުނިއަން އަދި އޯ.އީ.ސީ.ޑީ އާއި ގުޅިގެން އުފައްދާފައިވާ 40 ޤައުމެއް ބައިވެރިވާ ޖަމްޢިއްޔާއެކެވެ. މި ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، އެމެރިކާ، އިންޑިއާ، ޕާކިސްތާނު، ޗައިނާ، ޖަޕާން، ބަންގްލަދޭޝް، ރިޕަބްލިކް އޮފް ކޮރެއާ، ނެދަރލެންޑްސް އަދި ޖާމަނީ ހިމެނެއެވެ.މި ޖަމްއިއްޔާގެ މައިމަރުކަޒު ގާއިމްކުރެވިފައިވަނީ ކަޒަކްސްޓާން ގެ ވެރިރަށް އާސްތާނާ ގައެވެ. މި ޖަމްއިއްޔާއަކީ ސިވިލް ސަރވިސް ތަރައްޤީ ކުރުމުގެ ދިރާސާކުރާ އަދި ސިވިލް ސަރވަންޓުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ފަންނީ އެހީއާއި ތަމްރީނު އަދި މެންބަރު ގައުމުތަކުގެ ތަޖްރިބާ ހިއްސާކުރުމަށް އެހީވެދޭ ޖަމްއިއްޔާއެކެވެ. ސިވިލް ސަރވިސް ކޮމިޝަން ވެގެންދާނީ އޭ.ސީ.އެސް.އެޗްގެ 41 ވަނަ މެމްބަރަށެވެ.
ފަހުގެ ޚަބަރުތައް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025

ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
.jpg)
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025

ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
.png)
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024