11 ޑިސެމްބަރ 2018
ރައްޔިތުންގެ މަޖްލިސްގެ އިންތިޚާބު 2019ގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ސިވިލް ސަރވިސް ކޮމިޝަނާއެކު ބައްދަލުވުމެއް ބާއްވަވައިފިއެވެ. މިއަދު ކޮމިޝަނުގައި ބޭއްވި މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ ރައްޔިތުންގެ މަޖްލިސް އިންތިޚާބު 2018ގެ ކަންކަން މިނިވަންކަމާ އިންސާފުވެރިކަމާއެކު އަދި އޮމާންކަމާއެކު ކުރިޔަށްގެންދިއުމަށްޓަކައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ އެހީތެރިކަމާ އެއްބާރުލުން ބޭނުންވާތީ، އެކަންކަން ރާވާ ކުރިޔަށްގެންދެވޭނެ ގޮތްތަކާބެހޭގޮތުންނެވެ. މިގޮތުން ފާއިތުވެދިޔަ ޢާންމު އިންތިޚާބުތަކުގެ ތަޖްރިބާގެ އަލީގައި ކުރިޔަށްއޮތް މަޖްލީހުގެ އިންތިޚާބުގެ ކަންކަން ވީހާވެސް ރަނގަޅަށް ކުރިޔަށްގެންދިއުމުގައި ސިވިލް ސަރވިސްގެ އިސްމުވައްޒަފުންގެ އެހީތެރިކަމާއެކު ކަންކަން ކުރިޔަށްގެންދެވިދާނެ ގޮތާބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. އަދި މަޖްލީހުގެ އިންތިޚާބު 2018ގެ ކަންކަން ކާމިޔާބުކަމާއެކު ކުރިޔަށްގެންދިއުމުގައި ސިވިލސް ސަރވިސްގެ އެހީތެރިކަން ފުރިހަމައަށް ލިބޭނެ ކަމުގެ ޔަޤީންކަން ކޮމިޝަނުގެ ރައީސް އިލެކްޝަން ކޮމިޝަނުގެ މެންބަރުންނަށް ދެއްވިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފާއި މެންބަރުން ބައިވެރިވަޑައިގެންނެވިއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ރައީސް ޑރ ޢަލީ ޝަމީމާއި ކޮމިޝަނުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026