ސިވިލް ސަރވިސް ގެ ވަފުދެއް މި ޖޫން މަހުގެ 20 އިން 30 އަށް ޕާކިސްތާނަށް ދަތުރުފުޅެއްކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއި މެންބަރު އަލްއުސްތާޛް ޒަކަރިއްޔާ ހުސައިން އާއި ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓްޓިއުޓް ގެ ޑިރެކްޓަރ އަލްފާޟިލާ ފާތިމަތު ހަބީބާ އާއި ސީނިއަރ އެޑްމިނިސްޓްރޭޓިވް އެގްޒެކްޓިވް އަލްފާޟިލާ ޢާއިޝަތު ހަމީދާ އަދި ސީނިއަރ ފައިނޭންސް އެގްޒެކެޓިވް އަލްފާޟިލް ޝަހުމީލް އަހުމަދެވެ.
މި ދަތުރުފުޅުގައި ޕާކިސްތާނުގެ ފެޑެރަލް ޕަބްލިކް ސަރވިސް ކޮމިޝަނަށާއި އަދި ސިވިލް ސަރވިސް އެކެޑަމީ އާއި ޕާކިސްތާނުގެ ބައެއް ޔުނިވަރސިޓީ ތަކަށް ޒިޔާރަތްކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ވަފުދު އިސްލާމްއާބާދް، ލަހޯރް އަދި މޫރީ އަށް ވެސް ދަތުރުފުޅުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026