21 ޖޫން 2019
ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދެއް މި ހިނގާ ޖޫންމަހުގެ 20 ން 30 އަށް ޕާކިސްތާނަށް ރަސްމީ ދަތުރެއް ކުރައްވަމުން އެބަގެންދަވައެވެ. ޕާކިސްތާނަށް ކުރާ މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ސިވިލް ސަރވިސް ކޮމިޝަނާއި، ޕާކިސްތާނުގެ ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކުރާ މުއައްސަސާތަކާ ގުޅުންބަދަހިކޮށް، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ތަޖްރިބާގެ ފުރުޞަތުތައް ހޯދުމެވެ.
މި ދަތުރުގައި 21 ޖޫން 2019 ގައި ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދު، ޕާކިސްތާނުގެ ފެޑެރަލް ޕަބްލިކް ސަރވިސް ކޮމިޝަނަށް ޒިޔާރަތްކޮށް މަޝްވަރާ ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ދެ ކޮމިޝަނުގެ ދޭތެރޭގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ކުރިއަށްދާނެގޮތާ މެދު ދެ ކޮމިޝަނުގެ ދެމެދުގައި އެއްބަސްވެވުނެވެ. އަދި ސިވިލް ސަރވިސް ގެ ކަންތައްތައް 2 ގައުމުގެ ދެމެދުގައި ރޭވި ހިންގޭގޮތާއި، ޕާކިސްތާނުގެ ސިވިލް ސަރވަންޓުންގެ އެންޓްރެންސް ޓެސްޓު ކުރިއަށްދާގޮތާ ގުޅޭގޮތުން 2 ފަރާތުގެ ދެމެދު ޕްރެޒެންޓޭޝަންތައް ހުށަހަޅައި މަޢުލޫމާތު ހިއްސާކުރެވުނެވެ.
1947 ވަނަ އަހަރު ޕާކިސްތާން މިނިވަންވުމަށް ފަހު އުފެދުނު ފެޑެރަލް ޕަބްލިކް ސަރވިސް ކޮމިޝަނަކީ 8 މެންބަރުންގެ މައްޗަށް އެކުލެވޭ މިނިވަން މުއައްސަސާއެކެވެ. ފެޑެރަލް ޕަބްލިކް ސަރވިސް ކޮމިޝަންގެ މަސްއޫލިއްޔަތުތައް އަދާކުރަނީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މިހާރުގެ އެ ކޮމިޝަނުގެ ރައީސަކީ މިސްޓަރ ހަސީބް އަތްހަރެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026