26 ޖޫން 2019
ޕަކިސްތާނުގެ އިސްލާމްއާބާދު އާއި ލާހޯރުގައި ސިވިލް ސަރވަންޓުން ތަމްރީނުކުރާ މަރުކަޒު ނުވަތަ މުއައްސަސާ ތަކަށް ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދު މިހާރުކުރައްވަމުންގެންދަވާ ރަސްމީދަތުރުފުޅުގައި މިއަދު ކޮމިޝަނުގެ ވަފުދު ލާހޯރުގައި ހުންނަ ނެޝަނަލް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އާއެކު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާގެ ބޭނުމަކީ ދިވެހި ސިވިލް ސަރވަންޓުންނަށާއި ކޮމިޝަނުގެ މުވައްޒަފުންނަށް މަސައްކަތުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ތަމްރީނުވުމުގެ ފުރުސަތު ހޯދާދިނުމާގުޅޭ ގޮތުން މަޝްވަރާކުރުމެވެ.
އިއްޔެ ނިމްސް ގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާ މެންބަރު އަލްއުސްތާޛް ޒަކަރިއްޔާ ހުސެއިން އާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ޑިރެކްޓަރ ފާތްމަތް ހަބީބަ އާއި ކޮމިޝަނުގެ އިތުރު 2 ސްޓާފުން ބައިވެރިވެވާޑައިގެންނެވިއެވެ. ނެޝަނަލް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް (ލާހޯރު) ގެ ފަރާތުން އިސްކޮށްބައިވެރިވެވަޑައިގެންނެވީ އެތާނގެ ޑިރެކްޓަރ ޖެނެރަލް މިސްޓަރ ރާމިޒް އަހްމަދާއި ޗީފް އިންސްޓްރަކްޓަރ ޑރ. ދާވޫދް މުހައްމަދު ބަރީޗް އެވެ.
މި ބައްދަލުވުމުގައި ނިމްސް އިން ކުރުމުއްދަތުގެ (3 މަސް) ތާޒާވުމުގެ ކޯސްތައް ހިންގޭގޮތާއި އެކޯސްތަކުގެ ޓީޗިންގ މެޓީރިއަލްސް ތައްޔާރުކުރެވޭގޮތާއި ދަރިވަރުންނަށް ކިޔަވާދެވޭ ގޮތާއި ކޯހުގައި ކިޔަވައިދޭ ކިޔަވައިދިނުން ދަސްކުރެވޭ މިންވަރު ބަލައި މާރކުސް ދެވޭގޮތާއި އަދިވެސް މި ކޯހާބެހޭގިނަ މަޢުލޫމާތްތަކެއް ކޮމިޝަނުގެ ވަފުދުގެ ބޭފުޅުންނާއި ހިއްސާކުރެއްވެވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026