ސިންގަޕޯރ ކޯރޕަރޭޝަން ޕްރޮގްރާމްގެ ދަށުން 24 ޖޫން ން 28 ޖޫން 2019 އަށް ސިންގަޕޫރުގައި ކުރިއަށްދާ "ޕަބްލިކް ސެކްޓަރ އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް" ޓްރެއިނިންގ ޕްރޮގްރާމްގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ބައިވެރި ވެއްޖެއެވެ. މި ޓްރެއިނިންގ ޕްރޮގްރާމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ޒުހުރީ އެވެ.
1992 ވަނަ އަހަރު ވުޖޫދަށް އައި މި ޕްރޮގްރާމް ގެ މައިގަނޑު މަޤްސަދަކީ ސިންގަޕޯރ ގައި ހިންގާ އެކި އެކި ޓެކްނިކަލް ޕްރޮގްރާމްތައް އެއް ފްރޭމްވޯރކް އެއްގެ ދަށުން ތަރައްގީވެ ކުރިއަރަމުންދާ ޤައުމުތަކާއި ހިއްސާކުރުމެވެ. މިހާތަނަށް މި ޓްރެއިނިންގ ޕްރޮގްރާމްގެ ދަށުން ސިންގަޕޯރ އިން ވަނީ 170 ވުރެ ގިނަ ގައުމުތަކުގެ 125،000 އޮފިޝަލުންނަށް ޓްރެއިނިންގ ދީފައެވެ.
މިހާރު ކުރިއަށްދާ މި ޓްރެއިނިން ޕްރޮގްރާމްގެ މައިގަނޑު މަޤުސަދަކީ ސިންގަޕޯރ ގައި ގެންގުޅުއްވާ ސިޔާސަތުތަކާއި، އުސޫލުތަކާއި އަދި ސްޓްރެޓަޖީތައް ތަންފީޒް ކުރުމަށް ސިންގަޕޫރުގައި ގެންގުޅޭ ފިލޯސޮފީތަކާއި ނަޒާހަތްތެރި މުޖުތަމައެއް ބިނާކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ތަޖްރިބާ ހިއްސާ ކުރުމެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026