ޕާކިސްތާނުގެ ސިވިލް ސަރވަންޓުން ތަމްރީނުކޮށް ހިންގުންތެރި ގާބިލު މީހުންނަށް ހެދުމުގެގޮތުން ތާޒާކުރުމުގެ ކުރު ކޯސްތައް ހިންގާ ފަރާތްކަމުގައިވާ ސިވިލް ސަރވިސް އެކަޑަމީގެ ފަރާތުން ދިވެހި ސިވިލް ސަރވިސް ގެ މުވައްޒަފުން ތަމްރީނުކޮށްދިނުމަށާއި އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ހަރުދަނާކޮށް އެތަނުންހިންގާ ކޯސްތަކުގެ ފެންވަރު މަތިކުރުމަށް އެހީތެރިވެދެއްވާނެކަމުގައި އެ އެކަޑަމީ ހިންގުމާއި ހަވާލުވެ ހުންނެވި ޑިރެކްޓަރ ޖެނެރަލް މިސްޓަރ ސުހެއިލް އާމިރު ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވީ އިއްޔެ އެކަޑަމީ އަށް ޒިޔާރަތްކުރައްވަވައި މަޝްވަރާ ބައްދަލުވުމެއް ބޭއްވެވި ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދުގެ އަރިހުގައެވެ.
ޕާކިސްތާނުގެ ލާހޯރުގައި ހުންނަ ސިވިލް ސަރވިސް އެކަޑަމީ އަށް ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދެއް ޒިޔާރަތްކުރެއްވެވީ ދެފަރާތުގެ ދެމެދުގައި ގުޅުންބަދަހިކޮށް އެއްބަޔަކު އަނެއްބަޔަކާ އެހީތެރިވެ ދެވޭނެގޮތްތަކަކީ ކޮބައިތޯ ބެއްލެވުމުގެ ގޮތުންނެވެ. ކޮމިޝަނުގެ ވަފުދުގައި އިސްކޮށް ހިމެނިވަޑައިގަންނަވަނީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި މެންބަރު އަލްއުސްތާޛް ޒަކަރިއްޔާ ހުސެއިންއެވެ. އެކަޑަމީގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަތީ އެތާނގެ ޑިރެކްޓަރ ޖެނެރަލް މިސްޓަރ ސުހެއިލް އާމިރާއި، ޑިރެކްޓަރ ޓްރެއިނިންގ މިސްޓަރ ޒުލްފިގާރު ޔޫނުސް އެވެ. ސިވިލް ސަރވިސް ގެ އެކަޑަމީ އަށް ކޮމިޝަނުގެ ވަފުދު ޒިޔާރަތްކުރެއްވުމުން ހޫނު މަރުޙަބާއެއް ވިދާޅުވެ އެތަނުގައި މަސައްކަތްކުރެވޭ ގޮތާއި ހިންގޭ ކޯސްތަކުގެ މަޢުލޫމާތު އެރުވިއެވެ. އަދި އެ އެކަޑަމީގެ ތަންތަނާއި މަސައްކަތްކުރެވެމުންދާގޮތް ކޮމިޝަނުގެ ވަފުދަށް ދައްކަވާލަދެއްވެވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026