14 މެއި 2019
ފަސް ދުވަހުގެ ރަސްމީ ޒިޔާރަތެއް ރާއްޖެއަށް ކުރައްވަމުންގެންދަވާ ބަންގްލަދޭޝް ޕަބްލިކް ސަރވިސް ކޮމިޝަނުގެ ވަފުދު މިއަދު ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓަށް ޒިޔާރަތްކުރައްވައިފިއެވެ.
އެބޭފުޅުންނަށް ސީ.އެސް.ޓީ.އައިގެ އިމާރާތަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވެ އިސްތިޤްބާލު ކުރެއްވެވީ އެ އިންސްޓިޓިއުޓްގެ ޑިރެކްޓަރ ފާތިމަތު ހަބީބާއެވެ. މި ޒިޔާރަތުގައި ސީ.އެސް.ޓީ.އައި ގެ ކުލާސްތަކާއި، ދެމުންދާ ޚިދުމަތްތައް ހުރިނެތްގޮތް ބައްލަވާލައްވަވައި އަދި އިންސްޓިޓިއުޓްގެ ކެޕޭސިޓީ (ޤާބިލުކަން) އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވެވިއެވެ. އަދި ސިވިލް ސަރވިސް ގެ ކަންތައްތައް 2 ގައުމުގެ ދެމެދުގައި ރޭވި ހިނގޭގޮތާއި، ކުރިއެރުވުމަށްކުރެވޭ މަސައްކަތާ ގުޅޭ ގޮތުންވެސް ވަނީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
މިއަދުގެ ރަސްމީ ބައްދަލުވުމަށްފަހު ބަންގްލަދޭޝްގެ ވަފުދު މާދަމާ މިނިސްޓްރީ އޮފް އާރޓުސް، ކަލްޗަރ އެންޑް ހެރިޓޭޖަށާއި، ދާރުލްއާސާރަށާއި މާލެ ހުކުރު މިސްކިތަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026