12 އޭޕްރީލް 2020
ކޮވިޑް 19 ގެ ވަބާއިން މީހުން ސަލާމަތްކުރުމަށް އެންމެ މުހިންމު އަދި ބުރަ މަސައްކަތް ކުރައްވަމުން އަދި ސިއްހީ އެހެން ހުރިހާ ފަރުވާތައް ވެސް ރަނގަޅަށް ލިބިދެމުންގެންދާ ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ އައި ޖީ އެމް އެޗް ސްޓާފުން ކުރައްވަމުން ގެންދަވާ މިންނެތް ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އަދި ވަރުބަލިކަމެއްނެތި މަސައްކަތް ކުރެއްވުމަށް ހިތްވަރުދިނުމުގެ ގޮތުން މިއަދު ހެނދުނު ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ކަށިކެޔޮ ކޭކް ގެ 2 ކޭކް އައިޖީއެމްއެޗަށް ހަދިޔާކޮށްފިއެވެ. މި ހަދިޔާ ބަލައިގަނެ އަދި ކޭކް ފަޅުއްވާދެއްވެވީ އެ ހޮސްޕިޓަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް ސަލީމެވެ.
މި ކަމަކީ 11 އެޕްރީލު 2020 ގައި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އައި ޖީ އެމް އެޗަށް ވަޑައިގެން އެތަނުގެ ކަންކަން ބައްލަވާލެއްވުމުގެ ގޮތުންނާއި ސްޓާފުން ކުރައްވަމުން ގެންދަވާ ތައުރީފު ހައްޤު މަސައްކަތްތަކަށް ޝުކުރުއަދާ ކުރެއްވުމުގެ ގޮތުން ސީ.އީ.އޯ އިބްރާހިމް ސަލީމާއި އެކު ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަދެކެވި ހަމަޖެހިގެންދިޔަކަމެކެވެ. އިއްޔެ ބޭއްވުނު ބައްދަލުވުމުގައި އިއްތިފާގުން މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން އާއި ރައީސުލްޖުމްހުރިއްޔާ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް އާއިވެސް ކޮމިޝަނުގެ ރައީސަށް ބައްދަލުވުމުގެ ފުރުސަތު ލިބިވަޑައިގަތެވެ. މި ބައްދަލުވުމުގައި ކޮވިޑް 19 ގެ ރޯގާ އާއި ގުޅިގެން ސިވިލް ސަރވަންޓުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އެފަރާތްތަކުގެ މަސައްކަތު ހާލަތު އޮތްގޮތާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ސަރުކާރާއި ހެލްތު މިނިސްޓްރީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވަވައި ހެޔޮ ނަސީބާއި ކާމިޔާބަށް އެދިވަޑައިގަތެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026