09 އޭޕްރީލް 2020
މިނިސްޓްރީ އޮފް ހޯމް އެފެއަރޒުގެ ޕަރމަނަންޓް ސެކްރެޓަރީ އަކަށް އަލްފާޟިލް އަބްދުއްރަޙްމާން ޞަލާހް ރަޝީދު މިއަދު ސިވިލް ސަރވިސް ކޮމިޝަނުން އައްޔަނުކުރައްވައިފިއެވެ. އަލްފާޟިލް އަބްދުއްރަޙްމާން ޞަލާހް ރަޝީދު ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އައްޔަންކުރެއްވެވީ، މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވެވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒު އޮނަރަބަލް އިމްރާން އަބްދުﷲ އެވެ.
އަލްފާޟިލް ޢަބްދުއްރަޙްމާން ޞަލާހް ރަޝީދު އަކީ އިންޑިޔާގެ އައްލާޙްއާބާދު ޔުނިވާރސިޓީން ބެޗްލަރ އޮފް ބިޒްނަސް މެނޭޖްމަންޓް އެންޑް ހޮޓެލް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ހާސިލުކުރައްވަވައި އަދި އިންޑިޔާގެ ކެރެލާ ޔުނިވާރސިޓީން 2014 ވަނަ އަހަރު މާސްޓަރ އޮފް އާރޓްސް، ހިޔުމަން ރިސޯސް މެނޭޖްމަންޓް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. ޢަބްދުއްރަޙްމާން ޞަލާހް ރަޝީދު ވަނީ 2009 ވަނަ އަހަރުން ފެށިގެން ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރައްވާފައެވެ. މިގޮތުން 2017 ވަނަ އަހަރުން ފެށިގެން އިލެކްޝަންސް ކޮމިޝަނުގެ އެކި އެކި މަޤާމުތައް އެ ބޭފުޅާ ވަނީ ފުރުއްވަވާފައެވެ. މީގެ ތެރޭގައި ޑިރެކްޓަރ އެޑްމިނިސްޓްރޭޝަން ސެކްޝަން، ޑިރެކްޓަރ ހިޔުމަން ރިސޯރސް އެންޑް ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެކްޝަން، ޑިރެކްޓަރ ހިޔުމަން ރިސޯރސް ވޯޓާރސް އެޑިޔުކޭޝަން އެންޑް އެވެއަރނަސް ޑިވިޜަން، އިލެކްޝަންސް ކޮމިޝަންގެ އެކްޓިން ސެކްރެޓަރީ ޖެނެރަލް، ޑިރެކްޓަރ އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯރޓް ސަރވިސް ސެކްޝަން، ޑިރެކްޓަރ ހިޔުމަން ރިސޯރސް މެނޭޖްމަންޓް ސެކްޝަން، ޑިރެކްޓަރ އެޑްމިން އެންޑް ކޯރޕަރޭޓް ސަރވިސަސް ޑިވިޜަން، ޑިރެކްޓަރ ސިވިކް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަން ހިމެނެއެވެ. އިލެކްޝަންސް ކޮމިޝަނުން އެ ބޭފުޅާ ވަކިވެ ވަޑައިގެންނެވިއިރު އަދާ ކުރައްވަމުންގެންދެވީ ޕޮލިޓިކަލް ޕާޓީ ރެގިޔުލޭޝަން ސެކްޝަނުގެ ޑިރެކްޓަރުގެ މަޤާމެވެ.
މިއަދު މިނިސްޓްރީ އޮފް ހޯމް އެފެއަރޒުގައި ބޭއްވުނު ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސް، ޑރ. ޢަލީ ޝަމީމް ވަނީ ސިވިލް ސަރވިސް ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކުރިޔަށް އޮތް 5 އަހަރަށް ހިދުމަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ޑރ. ޢަލީ ޝަމީމް ވަނީ ވަގުތީ ޕަރމަނަންޓް ސެކްރެޓަރީއެއްގެ ގޮތުން އަލްފާޟިލް ޙާމިދު ޔޫސުފް އެ މިނިސްޓްރީއަށް ކޮށްދެއްވި ޚިދުމަތަށް ޝުކުރުއަދާކުރައްވާފައެވެ. މިނިސްޓަރ އޮފް ހޯމް އެފެއަރޒު އޮނަރަބަލް އިމްރާން އަބްދުﷲ، އަލަށް މިނިސްޓްރީ އާ ގުޅި ވަޑައިގެންނެވި ޕަރމަނަންޓް ސެކްރެޓަރީއަށް މަރުހަބާ ދަންނަވާ ދެއްކެވި ވާހަކަފުޅުގައި މިފަދަ މުޙިއްމު ތަންވަޅެއްގައި މިނިސްޓްރީ އަށް ޕަރމަނަންޓް ސެކްރެޓަރީއަކު ހަމަޖެހިގެންދިޔުމުން އެކަން ފާހަގަކޮށް ސިވިލް ސަރވިސް ކޮމިޝަނަށް ޝުކުރު އަދާކުރެއްވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026