28 ސެޕްޓެމްބަރ 2020
ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިޔާގެ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ސަންޖޭ ސުދިރްއާ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން މިއަދު ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ. އިންޑިއަން ހައިކޮމިޝަނުގައި މިއަދު ބޭއްވުނު ބައްދަލުވުމުގައި އަލަށް ސިވިލް ސަރވިސް ކޮމިޝަނަށް އައްޔަނު ކުރެވުނު މެންބަރުންނަށް ސަފީރު މަރުހަބާ ދެންނެވިއެވެ.
މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން އިތުރު ތަމްރީން ޕްރޮގްރާމްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުންނާއި ސިވިލް ސަރވިސްގެ އިދާރާތަކުގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް ކުރިއަށް ގެންދިއުމުގައި ބޭނުންވާނެ ވަސީލަތްތަށް ހޯދުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާޞިޙު ވަނީ އިންޑިޔާ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް މެދުކެނޑުމެއްނެތި ދެއްވަމުންގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސްގެ އިތުރުން ކޮމިޝަނުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު އާއި މެންބަރު މުހައްމަދު ފަރުޞަތު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026