24 ސެޕްޓެމްބަރ 2020
ސިވިލް ސަރވިސް ކޮމިޝަނުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި ބައްދަލުކޮށް މަޝްވަރާކުރައްވައިފިއެވެ. މިއަދު މެންދުރު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އޮނަރަބަލް އިމްރާން އަބްދުﷲ އަދި އެލް.ޖީ.އޭގެ ސީ.އީ.އޯ އަފްޝަން ލަތީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިއަދުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު ކަންތައްތަކަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކައުންސިލްގެ އިދާރާގެ ވަޒީފާތަކަށް އައްޔަނު ކުރުމާއި ގުޅޭގޮތުންނާއި އަދި ކައުންސިލްތަކުގެ އިދާރާގައި ހައިބްރިޑް ނިޒާމު ތަންފީޛުކުރުމަށް ބޭނުންވާ ތަމްރީނުތައް ދިނުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރެވިފައެވެ. އަދި މިއަދުގެ ބައްދަލުވުމުގައި ކައުންސިލްތަކުގެ އިދާރީ އޮނިގަނޑުތައް މުރާޖައާކުރުމާއި ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މުވައްޒަފުން ހަމަޖެއްސުމާއި ގުޅޭ ޕްރެޒެންޓޭޝަނެއް ކޮމިޝަނުން ވަނީ ހިއްސާކުރައްވާފައެވެ.
ކޮމިޝަނުގެ މެންބަރުން އަތޮޅު އަދި ސިޓީ ކައުންސިލްތައް ހިންގުމުގައި ސީ.އެސް.ސީ އާއި އެލް.ޖީ.އޭ އަދި ސެކެޓްރީ ޖެނެރަލުން ގުޅިގެން މަސައްކަތްކުރުމުގައި ކޮމިޝަނުގެ ފަރާތުން 100 އިންސައްތަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން މިނިސްޓަރަށާއި އަދި އެލްޖީއޭގެ ސީއީއޯ އަށް އެރުވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026