ޓިވެޓް އޮތޯރިޓީއާއެކު ސިވިލް ސަރވިސް ކޮމިޝަނުން ބައްދަލުކުރައްވައިފި

24 ސެޕްޓެމްބަރ 2020



މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށުން ހިންގަމުންގެންދާ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގް (ޓިވެޓް) އޮތޯރިޓީ އިން ސިވިލް ސަރވިސް ކޮމިޝަނާއި އެކު މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ގޫގުލް މީޓްސްގެ ޒަރިއްޔާއިން ބޭއްވުނު މި ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް އަލްފާޟިލް މުހައްމަދު ނާޞިޙުގެ އިތުރުން ކޮމިޝަނުގެ ހުރިހާ މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ. ޓިވެޓް އޮތޯރިޓީގެ މި ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ސްޓޭޓް ހަޔަރ އެޑިޔުކޭޝަން އަލްފާޟިލް މުހައްމަދު ހާޝިމެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ޓިވެޓްގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ކަމާ ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން އިތުރަށް ރަނގަޅު ކުރަންޖެހޭ ދާއިރާތައް ފާހަގަކޮށް، ތައުލީމީ ޤާބިލް ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރުމާ ގުޅޭގޮތުން ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓްއާއި ގުޅިގެން އެފަދަ ދާއިރާތައް ފާހަގަކޮށް ފުޅާކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުންނެވެ. އެބޭފުޅުން ވަނީ އެ އޮތޯރިޓީގެ މަަސައްކަތްތަކާއި ގުޅޭ ޕްރެޒެންޓޭޝަންއެއް ވެސް ހިއްސާކުރައްވާފައެވެ.   
ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ޓިވެޓް އޮތޯރިޓީ އިން ހުށަހަޅާފައިވާ ކަންތައްތަކަށް ފުރިހަމަ އެއްބާރުލުމާއި އަދި އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރައްވާނެކަމުގައި ދެންނެވިއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް