01 އޮކްޓޯބަރ 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވިސް އަށް އަލަށް އައްޔަނު ކުރެވުނު މެންބަރުން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރައްވަވާ މަޝްވަރާކުރައްވައިފިއެވެ. މިއަދު މެންދުރު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު މި ބައްދަލުވުމުގައި ދެ ކޮމިޝަނުން ވެސް އަލަށް އައްޔަނު ކުރެވުނު މެންބަރުންވަނީ ތައާރަފްވެވަޑައިގެންފައިވެއެވެ. އެޗް.އާރް.ސީ.އެމް ގެ ފަރާތުން އިތުރަށް މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދަމަހައްޓައި، އެފަދަ ހައްޤުތައް ކުރިއެރުވުމަށް ދެ މުއައްސަސާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި އަދި ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓްގެ ޓްރެއިނިންގް ތަކުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ކޮމްޕޮނެންޓްސްތަކެއް ފުޅާކޮށް ގެންދިއުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ދެންނެވީ މަޝްވަރާކުރެވުނު ކަންތައްތަކުގައި ކޮމިޝަނުގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބިގެންދާނެކަމުގައެވެ.
އެޗް.އާރް.ސީ.އެމް ގެ ފަރާތުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެ ކޮމިޝަނުގެ މެންބަރުން ކަމުގައިވާ ޑރ. އަހުމަދު އަދުހަމު އަބްދުﷲ، އަލްފާޟިލާ މޫމިނާ ވަހީދު، އަލްފާޟިލާ ޝިފާތު އަބްދުއްރައްޒާގް އަދި ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛް މުހައްމަދު ޔަމީން އިބްރާހިމް އެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026