15 އޮކްޓޯބަރ 2020
ޑީސެންޓްރަލައިޒޭޝަން ޕްލޭންއާ އެއްގޮތަށް ސިވިލް ސަރވިސް މުވައްޒަފުންގެ ވަޒީފާގެ މަސައްކަތްތައް އިދާރާތަކަށް ދޫކުރުމުގެ މަސައްކަތްތައް މިއަދު ފަށައިފިއެވެ. މިގޮތުން ސިވިލް ސަރވިސްގެ ކޮންޓްރެކްޓް އެޕޮއިންޓްމެންޓްގެ މަސައްކަތްތައް ސިވިލް ސަރވިސް ކޮމިޝަނުން ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ސިވިލް ސަރވިސްގެ އިދާރާތަކުން ކުރިއަށް ގެންދާގޮތަށް މިއަދު ވަނީ ހަމަޖައްސާފައެވެ.
މިކަމާގުޅޭގޮތުން ސިވިލް ސަރވިސްގެ އިދާރާތަކާއެކު މިއަދު ހެނދުނު އޯޑިއޯ/ވީޑިއޯގެ ޒަރިއްޔާއިން ބައްދަލުވުމެއް ބޭއްވުނެވެ. މިބައްދަލުވުމުގައި، އެންމެ ފަހުން ބޭއްވުނު ސިވިލް ސަރވިސް އެޑްވައިޒަރީ ކޮމިޓީގައި މަޝްވަރާކުރެވުނު ފަދައިން، ސިވިލް ސަރވިސް މުވައްޒަފުންގެ ވަޒީފާގެ މަސައްކަތްތަކުގެ ތެރެއިން، ޑީސެންޓްރަލައިޒޭޝަން ޕްލޭންއާ އެއްގޮތަށް މިމަހުގެ ތެރޭގައި ދޫކޮށްލުމަށް ހަމަޖެހިފައިވާ، ކޮންޓްރެކްޓް އުސޫލުން ސިވިލް ސަރވިސް އިދާރާތަކުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް، އެކަންކުރާ އިދާރާތަކަށް ދޫކޮށް އެކަމާގުޅޭ މައޫލޫމާތު ކޮމިޝަނުން ހިއްސާކުރިއެވެ.
މިބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާޞިހު، ނައިބު ރައީސް އިބްރާހިމް ރަޝީދު އަދި ކޮމިޝަންގެ މެންބަރުންނާއި ސިވިލް ސަރވިސް އިދާރާތަކުގެ ޕަރމަނަންޓް ސެކްރެޓަރީންނާއި އެޗް.އާރްގައި މަސައްކަތްކުރާ މުވަައްޒަފުންގެ އިތުރުން ކޮމިޝަނުގެ އިސް މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޑީސެންޓްރަލައިޒޭޝަން ޕްލޭންއާ އެއްގޮތަށް ސިވިލް ސަރވިސް މުވައްޒަފުންގެ ވަޒީފާގެ އިތުރު މަސައްކަތްތައް އަންނަމަހުގެ ތެރޭގައި އިދާރާތަކަށް ދޫކުރުމުގެ މަސައްކަތްތައްވެސް ކޮމިޝަނުން ގެންދަނީ ކުރަމުންނެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026