04 ޑިސެމްބަރ 2019
އިންޑިއާގެ ނިއު ދިއްލީގައި މި މަހުގެ 06 އިން 13 އަށް ބާއްވާ ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް އިން ކުރިއަށްގެންދެވޭ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ޕަރމަނަންޓް ސެކްރެޓަރީން އަދި އިސްޒިންމާދާރުވެރިންނާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ މިސްޓަރ ސަންްޖޭ ސުދިރް ބައްދަލުކުރައްވައިފިއެވެ. 14 ބޭފުޅުންގެ މައްޗަށް ހިމެނޭ މި ވަފުދުގައި އެކި އެކި މިނިސްޓްރީ ތަކުގެ ޕަރމަނަންޓް ސެކްރެޓަރީންގެ އިތުރުން އިސް ޒިންމާދާރުވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.
އިންޑިއާގައި ބާއްވާ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނާއި ބައްދަލުކޮށް އިންޑިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ފާހަގަކޮށްލެއްވީ މި ތަމްރީނު ޕްރޮގްރާމަކީ އިންޑިއާގެ ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރާ އެންމެ ފެންވަރު ރަނގަޅު އެއް އެކަޑަމީކަމަށް ވުމުން، ދިވެހި ސިވިލް ސަރވިސް މުވައްޒަފުން މިފަދަ ތަމްރީނު ޕްރޮގްރާމަކަށް ފޮނުއްވުމަކީ ލިބިލައްވާ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
އަދި މިއަދު ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްވެސް ވަނީ މި ތަމްރީނުގެ ބައިވެރީންނާއި ކޮމިޝަނުގައި ބައްދަލުކުރައްވަވާ މި ތަމްރީނުގެ މުހިންމުކަމާއި އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮންނަ ގުޅުމުގެ މައްޗަށް މަޢުލޫމާތު ހިއްސާކުރެއްވެވިއެވެ. އަދި މި ބުރުގެ ބައިވެރިންނަށް މަރުޙަބާ ވިދާޅުވެ ކާމިޔާބު އަދި ނިޔާމަދަތުރަކަށް ވުމަށް ވެސް އެދިވަޑައިގަތެވެ
މި ވަފުދުގެ އިސްފަރާތެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަބްދުﷲ ސަޢީދު އެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026