08 ޑިސެމްބަރ 2019
މި މަހުގެ 6 އިން 13 އަށް އިންޑިއާގެ އެން.ސީ.ޖީ.ޖީ ގައި ކުރިއަށް ގެންދާ "ޓްރެއިނިންގް ޕްރޮގްރާމް ފޯރ ޕަރމަނަންޓް ސެކްރެޓަރީސް އެންޑް ސެކެޓްރީ ޖެނެރަލްސް އޮފް މޯލްޑިވިސް" ގެ ބައިވެރިން އިންޑިއާގެ ސިވިލް ސަރވަންޓުން ތަމްރީނުކުރާ މައި މަރުކަޒު ކަމުގައިވާ ލާލް ބަހާދުރް ޝާސްތްރީ ނެޝަނަލް އެކަޑަމީ އަށް ޒިޔާރަތްކުރައްވައިފިއެވެ. އެ އެކަޑަމީގެ ފަރާތުން ދިވެހި ސިވިލް ސަރވަންޓުންގެ ވަފުދައް މަރުހަބާ ދެންނެވީ ހެޑް އޮފް އެކަޑަމީ ޑރ. ސަންޖީވް ކަޕޫރް އެވެ.
މި ބައްދަލުވުމުގައި އިންޑިއާގެ ސިވިލް ސަރވިސް ގެ ރެކްރޫޓްމަންޓް އަދި ޕްރޮމޯޝަން ކުރިއަށް ގެންދެވޭ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވި މަޢުލޫމާތު ހިއްސާކުރެވުނެވެ. އަދި އަލަށް ދިވެހި ސިވިލް ސަރވިސް އަށް ވަންނަ މުވައްޒަފުންނަށް ތަމްރީނުކުރުމާއި ގުޅޭގޮތުން އެން.ސީ.ޖީ.ޖީ އާއި މަޝްވަރާކުރެވުނެވެ. މީގެ އިތުރުން މި ވަފުދުގެ ބައިވެރިން ވަނީ ލާލް ބަހާދުރް ޝާސްތްރީ ނެޝަނަލް އެކަޑަމީގެ ލައިބްރަރީ އާއި ސްޓޫޑެންޓް ރިސޯސަސް ސެންޓަރ ވެސް ބައްލަވާލައްވާފައެވެ.
ސަރުކާރުގެ ޕަރމަނަންޓް ސެކްރެޓަރީންނާއި އިސް ޒިންމާދާރުވެރިން ހިމެނޭ މި ވަފުދުގައި 14 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ސިވިލް ސަރވިސް ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަބްދުﷲ ސަޢީދު ވެސް ހިމެނިވަޑައިގަންނަވައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026