11 ޑިސެމްބަރ 2019
މި މަހުގެ 06 އިން 13 އަށް އިންޑިއާގެ މުވައްޒަފުންނަށް ތަމްރީނު ދީ، ޤާބިލްކަން އުފެއްދުމަށް މަސައްކަތްކުރާ މުއައްސަސާއެއް ކަމުގައިވާ "ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް" އިން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމު "ޓްރެއިނިންގ ފޯރ ޕަރމަނަންޓް ސެކްރެޓަރީސް އެންޑް ސެކްރެޓަރީ ޖެނެރަލްސް އޮފް މޯލްޑިވިސް" ގެ އޯޕަނިންގ ސެރެމަނީ އިއްޔެ އިފްތިތާހުކުރައްވައިފިއެވެ. 14 ބޭފުޅުން ހިމެނޭ މި ވަފުދުގައި މިނިސްޓްރީ ތަކުގެ ޕަރމަނަންޓް ސެކްރެޓަރީންގެ އިތުރުން އިސްޒިންމާދާރުވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެގޮތުން ޓްރެއިނިންގ ޕްރޮގްރާމު ފެށުމުގެ ގޮތުން ޑިޕާރޓްމަންޓް އޮފް އެޑްމިނިސްޓްރޭޓިވް ރިފޯރމްސް އެންޑް ޕަބްލިކް ގްރީވެންސަސް ގެ އެޑިޝަނަލް ސެކްރެޓަރީ، ޑރ. ޝްރީ ވީ. ސްރީނިވަސް ވަނީ "ނިއު އިންޑިއާ" މި މައުޟޫ އަށް ވާހަކަފުޅު ދައްކަވާފައެވެ. އަދި އޭގެ އިތުރުން މި ވަފުދުގެ އިސް ބޭފުޅެއް ގޮތުގައި ހުންނެވި ސިވިލް ސަރވިސް ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަބްދުﷲ ސަޢީދު ވެސް ވަނީ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާފައެވެ.
އިއްޔެ ވަނީ " ޕަބްލިކް ޕޮލިސީ އެންޑް ގަވަރނަންސް" އަދި "އިންޑިއަން ހެލްތް އިންޝުއަރެންސް ސްކީމް" އާއި ގުޅޭގޮތުން ވަނީ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ޑރ. ސީ. ޗަންދްރަމޯލް އެވެ.
އޭގެ އިތުރުން މި ވަފުދުގެ ބޭފުޅުން ވަނީ ޕްލޭނިންގް ކޮމިޝަން އޮފް އިންޑިއާ އަށް ޒިޔާރަތްކުރައްވަވައި އެ މުއައްސަސާގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރޭގައި ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލްފާޟިލާ އާއިޝަތު ދީދީ ވަނީ މި ވަފުދުގެ ބޭފުޅުންނާއި ބައްދަލުކޮށް ފަރިއްކޮޅެއް ދެއްވާފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026