16 ޑިސެމްބަރ 2019
މި މަހުގެ 15 އިން 18 އަށް ދިވެހިރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރައްވަމުން ގެންދަވާ ޗައިނާ ނެޝަނަލް އެކެޑަމީ އޮފް ގަވަރނަންސް (ސީ.އެން.އޭ.ޖީ) ގެ 6 ބޭފުޅުން މިއަދު ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތްކުރައްވައި ކޮމިޝަނާއެކު މަޝްވަރާތައް ބާއްވައިފިއެވެ. މިއަދު ހެނދުނު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު މި ބައްދަލުވުމުގައި މި ވަފުދަށް ކޮމިޝަނުގެ ފަރާތުން މަރުހަބާ ދެންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ.
މިއަދުގެ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ 2014 ވަނަ އަހަރުން ފަށައިގެން ސީ.އެން.އޭ.ޖީ އިން ދިވެހި ސިވިލް ސަރވިސްގެ ހިންގުން ހަރުދަނާކޮށް ކުރިއެރުވުމަށާއި އަދި ދިވެހި ސިވިލް ސަރވަންޓުން ތަމްރީނުކުރުމަށް ދީފައިވާ ތަމްރީނު ޕްރޮގްރާމްތަކުގެ ފައިދާތަކާއި ގުޅޭގޮތުންނެވެ. އަދި 2015 ވަނަ އަހަރު ސީ.އެން.އޭ.ޖީ އާއި ސިވިލް ސަރވިސް ކޮމިޝަނާއި ދެމެދު ސޮއި ކުރެވިފައިވާ އެމް.އޯ.ޔޫ އަލުން އާ ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވުނެވެ.
އޭގެ އިތުރުން ޗައިނާގެ މި ވަފުދު މިނިސްޓްރީ އޮފް ހެލްތް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ޒިޔާރަތް ކުރާގޮތަށާއި އަދި މިރޭ ޗައިނާ އާއި ރާއްޖޭގެ ސަޤާފަތް ދައްކާލުމުގެ ކަލްޗަރަލް ޝޯވ އެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމުގައި ޗައިނާގެ ވަފުދުގައި އިސްކޮށް ހުންނެވީ ސީ.އެން.އޭ.ޖީ ގެ ސީނިއަރ އިންސްޕެކްޓަރ އަދި ޕްރޮފެސަރ، މިސްޓަރ ގިއާއޯ ޒިންގޒޫ އެވެ. އަދި ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ރައީސް ގެ އިތުރުން ކޮމިޝަނުގެ ދެ މެންބަރުން ކަމަށްވާ ފާތިމަތު އާމިރާ އަދި އަލްއުސްތާޛް ޒަކަރިއްޔާ ހުސައިން ވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026