17 ޑިސެމްބަރ 2019
ޗައިނާގެ ނެޝަނަލް އެކެޑަމީ އޮފް ގަވަރނަންސް އާއި ސިވިލް ސަރވިސް ކޮމިޝަނުގެ 5 އަހަރުގެ މުއްދަތުގެ ގުޅުން ފާހަނގަކުރުމަށްޓަކައި ހާއްސަ ހަފްލާ އެއް ރޭ ބާއްވައިފިއެވެ. ޤިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ރޭ ބޭއްވުނު މި ހަފްލާ އަކީ ހަތަރު ދުވަހުގެ ރަސްމީ ޒިޔާރަތެއް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ޗައިނާގެ ނޭޝަނަލް އެކެޑަމީ އޮފް ގަވަރނަންސްގެ ވަފުދަށް މަރުހަބާ ކިއުމަށް ބޭއްވުނު ހަފްލާއެކެވެ. މި ހަފްލާގެ ޝަރަފުވެރި މެހެމާނަކީ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ މިސްޓަރ ޒަންގް ލިޒޯންގް އެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ރޭގެ މި ހަފްލާގައި މަރުހަބާ ދެންނެވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ސިވިލް ސަރވިސް އާއި ސީ.އެން.އޭ.ޖީ އާއި ދެމެދު 2015 ވަނަ އަހަރު ސޮއި ކުރެވުނު އެމް.އޯ.ޔޫ ގެ ދަށުން މިދިޔަ 5 އަހަރު ތެރޭގައި ރާއްޖެއާއި ޗައިނާގައި ކުރިއަށްގެންދެވުނު 11 ސެމިނަރ އަދި ވަރކްޝޮޕްތަކުގައި 922 ސިވިލް ސަރވަންޓުން ބައިވެރިވެވަޑައިގެންފައިވާކަން ފާހަނގަކުރެއްވެވިއެވެ.
ރޭގެ މި ހަފްލާގެ ތެރޭގައި ވަނީ މިދިޔަ 5 އަހަރު ތެރޭގައި ޗައިނާގެ ޓްރެއިނިންގ ޕްރޮގްރާމުތަކުގައި ނަގާފައިވާ ފޮޓޯ މައުރަޒެއް ވެސް ކުރިއަށްގެންގޮސްފައެވެ. އަދި އޭގެ އިތުރުން ދިވެހިރާއްޖެ އާއި ޗައިނާގެ ސަޤާފަތް ދައްކުވައިފޭ ތަފާތު އައިޓަމްތަކެއް ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. 4 ދުވަހަށް ރާއްޖެއަށް ޒިޔާރަތްކުރަމުންދާ މި ވަފުދު މާދަމާ ރޭ ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026