07 ނޮވެމްބަރ 2019
މި ނޮވެންބަރު މަހުގެ 4 އިން 5 އަށް ޗައިނާގެ ޗިންޑާއޯ ސިޓީގައި ބޭއްވުނު "އިންޓަރނޭޝަނަލް ސެމިނަރ އޮން ޓްރާންފޯމޭޝަން އޮފް އިކޮނޮމިކް ޑްރައިވަރސް އެންޑް ނިއު ޓްރެންޑްސް އިން ހިއުމަން ރިސޯސް މެނޭޖްމަންޓު" ގައި ކޮމިޝަނުގެ މެންބަރު އަލްފާޟިލް އިބްރާހީމް ޝަހީޤު އަދި ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަބްދުﷲ ސަޢީދު ވަނީ ބައިވެރިވެލައްވާފައެވެ. މިއީ، ޗައިނީސް އެކަޑެމީ އޮފް ޕަރސަނެލް ސައިންސް އާއި ޗިންޑާއޯ މުނިސިޕަލް ގަވަރމަންޓް ގުޅިގެން އަހަރަކު އެއްފަހަރު ބާއްވާ ސެމިނަރއެކެވެ. ދެކުނު އިރުމަތީ އޭޝިޔާގެ ގިނަ ގައުމުތަކުން ބައިވެރިވާ، އެ ގައުމުތަކުގައި ހިއުމަން ރިސޯސް ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، ހިއުމަން ރިސޯސްއާގުޅޭ އައު ހޯދުންތައް ގައުމުތަކުގެ މެދުގައި ހިއްސާކޮށް، ހިއުމަން ރިސޯސްގެ ދާއިރާއިން ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ގިނަ ޙަރަކާތްތަކެއް މި ސެމިނަރގައި ހިންގިފައިވެއެވެ.
މި ސެމިނަރގައި "ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މަސައްކަތުގައި ދިމާވާ ގޮންޖެހުންތަކާއި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭ" ޕްރެޒެންޓޭޝަނެއް ކޮމިޝަނުގެ ބައިވެރިން ހުށަހެޅިއެވެ. އަދި މި ހުށަހެޅުމަށް ގައުމުތަކުން ވަރަށް ބޮޑު ތަރުޙީބެއް ލިބުނުކަން ވެސް މި ފުރުޞަތުގައި ފާހަގަކުރަމެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026