18 ނޮވެމްބަރ 2019
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ސިވިލް ސަރވިސް ކޮމިޝަނާއެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއަދު ކޮމިޝަނުގައި ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ކޮމިޝަނުގެ މައުލޫމާތުތައް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ވެބްސައިޓް މެދުވެރިކޮށް ހިއްޞާކުރުމަށް މަސައްކަތްކުރުމާއި، މައުލޫމާތު ހާމާކުރުމުގެ މުހިންމުކަމާބެހޭގޮތުން ސިވިލް ސަރވިސްގެ އިދާރާތައް ހޭލުންތެރިކުރުވުމަށް މަސައްކަތްކޮށްދެއްވުމާއި އަދި ދައުލަތުގެ އިދާރާތަކުގެ މެދުގައި ލިޔެކިއުންތައް ބެލެހެއްޓުން ހަރުދަނާކުރުމާއި އަދި ދެ މުއައްސަސާގެ ވެސް ހުރި ދަތިތަކާއި ގުޅޭގޮތުންނެވެ. އަދި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނުނާ ގުޅޭ ގޮތުން މީހުން އަހުލުވެރިކުރުމުގެ ގޮތުން ޑިސެންބަރު 2 ގައި ލޯންޗުކުރާ ކެމްޕެއިނާ ގުޅޭގޮތުން އައި.ކޮމް އިން ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް މަޢުލޫމާތު ދެއްވާފައެވެ.
މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި، ކޮމިޝަނުގެ މެންބަރު އަލްފާޟިލާ ފާތިމަތު އާމިރާ އެވެ. މި ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އިންފޮމޭޝަން ކޮމިޝަނަރު އަލްފާޟިލް ހުސައިން ފިޔާޒު މޫސާ އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލް އަޙްމަދު ޝިޔާމް އެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026