21 ނޮވެމްބަރ 2019
ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް އިންޑިއާއިން އަލަށް ރާއްޖެއަށް ކަނޑައެޅުއްވި އެމްބެސެޑަރ ހިޒް އެކްސަލަންސީ ކޮހޮނަ ވަލައްވެ ނިމަލް ދަރްމަކީރްތި ކަރުނަރަތުނެ އާއި ބައްދަލު ކުރައްވައިފިއެވެ.
ސްރީލަންކަން އެމްބަސީ ގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި ސްރީލަންކާއާ ރާއްޖެއަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް އުފެދިފައިވާ ދެޤައުމުކަމަށާއި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ މެދުގައިވާ މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އުއްމީދުކުރައްވާކަމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ސްރީލަންކާ އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. ސްރީލަންކާ އިން ރާއްޖެއަށް އިތުރު އެކި ދާއިރާތަކުން ފުރުޞަތުތައް ފަހިކުރުމާބެހޭގޮތުން އަދި ދެގައުމުގެ ދެމެދުގައި އޮންނަ އެއްބާރުލުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުންވެސްވަނީ މަޝްވަރާކުރައްވާފައިވެއެވެ.
މިއަދުގެ މި ބައްދަލުވުމުގައި ކޮމިޝަނުގެ މެންބަރު އަލްފާޟިލާ ފާތިމަތު އާމިރާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026