ލ. އަތޮޅު ފޮނަދޫ އަށް ކުރައްވަވާ ކުރު ޒިޔާރަތެއްގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އެރަށުގައިވާ ދިވެހި ސިވިލް ސަރވިސްގެ 4 އިދާރާއަކަށް މިއަދު ޒިޔާރަތްކުރައްވަވައި މުވައްޒަފުންގެ ކަންކަން ހުރިނެތްގޮތް ބައްލަވާލައްވައިފިއެވެ.
މިގޮތުން ރައީސް ފުރަތަމަ ޒިޔާރަތްކުރެއްވެވީ ލ.އަތޮޅު ކައުންސިލް އަށެވެ. އެ ކައުންސިލްގެ ރައީސް އަލްފާޟިލް އަބްދުﷲ ޝަރީފް އާއި ޒިންމާދާރުވެރިޔާ މުޙައްމަދު ޖަމީލް އާއި އަދި މުވައްޒަފުންނާއި ބައްދަލުކުރެއްވެވިއެވެ. އެއަށްފަހު ދެން ވަޑައިގަތީ ލ.ފޮނަދޫ ކައުންސިލަށެވެ. މި ކައުންސިލްގެވެސް ރައީސް އަލްފާޟިލް އަހްމަދު ރިޔާޒް އާއި ޒިންމާދާރުވެރިޔާ ފާތިމަތު ޒަރީމާ އާއި ބައްދަލުކުރައްވަވައި، އަދި މުވައްޒަފުންގެ ފަރާތުން ވެސް ކަންކަމުގެ މަޢުލޫމާތު ސާފުކުރެއްވެވިއެވެ.
ކައުންސިލްތަކަށް ޒިޔާރަތްކުރެއްވުމަށްފަހު ދެން ރައީސް ވަޑައިގަތީ ލ.ފޮނަދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. މިތަނުގެ ޕްރިންސިޕަލް އަބަދުﷲ ނަސީހް އަދި މުވައްޒަފުންނާ ވެސް ބައްދަލުކުރައްވަވައި މަޝްވަރާކުރެއްވެވިއެވެ. ރައީސް އެންމެ ފަހުން ވަޑައިގަތީ ފޮނަދޫ ހެލްތް ސެންޓަރުގެ ކަންކަން ހިނގާދާގޮތް ބައްލަވާލައްވައި، ޝަކުވާ އެއްވާނަމަ އަޑުއަހާލެއްވުމަށެވެ. މިހުރިހާ އިދާރާތަކުންވެސް ކޮމިޝަނުގެ ރައީސް އަށް މަރުހަބާ ކިޔާފައިވެއެވެ. އަދި ކައުންސިލްތަކާއި ހެލްތް ސެންޓަރުގެ މުވައްޒަފުން އެއްކޮށްލާއި ސްމާރޓް މެނޭޖްމަންޓް ސްކިލްސް އާބެހޭ2ގަޑިއިރުގެތަމްރީނެއްވެސްރައީސް ބާއްވަވާދެއްވެވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026