މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ސިވިލް ސަރވިސް ކޮމިޝަނާއެކު ބައްދަލުކުރައްވައިފި

16 އޮކްޓޯބަރ 2019


194*364

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ދިމާވެފައިވާ އިދާރީ ދަތިތަކާއި، މުވައްޒަފުންގެ ދަތިތަކާއި އަދި އެ މިނިސްޓްރީގެ އިދާރީ އޮނިގަނޑުގައި ހުރި ބައެއް މައްސަލަތަކާއި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މިއަދު ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކޮށް މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޕްލޭނިންގ ގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަކްރަމް ކަމާލުއްދީން އާއި އަލްފާޟިލް ޝިފާޒް އަލީ އެވެ. ކޮމިޝަނުގެ ފަރާތުން އިސްކޮށް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމްގެ އިތުރުން ކޮމިޝަނުގެ މެންބަރު އަލްފާޟިލް އިބްރާހިމް ޝަހީޤު އާއި މެންބަރު އަލްއުސްތާޛު ޒަކަރިއްޔާ ޙުސައިން އަދި ކޮމިޝަނުގެ މެންބަރ އަލްފާޟިލާ ފާތިމަތު އާމިރާ އެވެ. މި މައްސަލަތައް ހައްލުކުރުމަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް ކޮމިޝަނުން ވަނީ ދަންނަވާފައެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް