17 އޮކްޓޯބަރ 2019
ތަރައްޤީ އަށް އެހީތެރިވެދޭ ޖަޕާނުގެ އިދާރާކަމުގައިވާ ޖަޕާން އިންޓަރނޭޝަނަލް ކޯރޕަރޭޝަން އެޖެންސީ (ޖައިކާ) ގެ ވަފުދެއް މިއަދު ކޮމިޝަނަށް ޒިޔާރަތްކުރައްވައި ސިވިލް ސަރވަންޓުންނަށް މާސްޓާރސް ފެންވަރުގެ ސްކޯލަރޝިޕް ލިބިދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވަވައިފިއެވެ.
7 މަންދޫބުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި ޖައިކާ ގެ ފަރާތުން އިސްކޮށް އިންނެވީ އެ އެޖެންސީގެ ގްރާންޓް އެއިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޑިވިޝަންގެ ޑިރެކްޓަރ މިސް މިޔަކޯ ކޮބަޔަޝީ އެވެ. ކޮމިޝަނުގެ ފަރާތުން އިންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ.
މިއަދު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް އެހީވެދިނުމުގެ ގޮތުން ޖައިކާ އިން މާސްޓާރސް އަށް ކިޔެވުމަށް ކުރިއަށް އޮތް 5 އަހަރު، ކޮންމެ އަހަރަކު 6 ސްކޯލަރޝިޕް ދިވެހިރާއްޖެއަށް ދެއްވުމަށް ގަސްދުކުރާކަމާއި، މިކަމާ ގުޅޭގޮތުން އަންނަ ހަފްތާގައި މިނިސްޓްރީ އޮފް ފޮރިން އެފެއާރޒް އާއެކު ފަހުމުނާމާއެއްގައި ސޮއިކުރެވޭނެކަމުގައި އުއްމީދު ކުރައްވަވާކަމުގައި ވިދާޅުވިއެވެ.
މި އެހީތެރިކަމަށް ޓަކައި ވަރަށް ބޮޑަށް މަރުޙަބާކިއާކަމުގައި ކޮމިޝަނުގެ ފަރާތުން ޖައިކާގެ ވަފުދު އަރިހުގައި ދެންނެވިއެވެ. އަދި ޖަޕާނުން ރާއްޖެއަށް ދެއްވަވާ އެތައްގިނަގުނަ އެހީތެރިކަމުގެ ތެރޭގައި މާސްޓާރސް ސްކޮލަރޝިޕް ސިވިލް ސަރވަންޓުންނަށް ދެއްވާގޮތަށް ހިމެނުއްވެވީތީ ޝުކުރުއަދާ ކުރެއްވެވިއެވެ. މި ސްކޮލާރޝިޕްތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށްޓަކައި އެ ސްކޯލަރޝިޕަށް ކެންޑިޑޭޓުން ހުށަހަޅައިދީ އިދާރީގޮތުން ކުރަންޖެހޭ ކަންކަން ކޮށްދިނުމަށް ކޮމިޝަން ވަރަށް ޝައުގުވެރިވާކަމުގައި ވެސް މި ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ވަފުދުގެ ބޭފުޅުންނަށް ދެންނެވިއެވެ.
މިއަދު ކޮމިޝަނުގައި އޮތް ބައްދަލުވުމުގައި، ކޮމިޝަނުގެ ފަރާތުން ޖަޕާނުން ދިވެހިރާއްޖޭގެ ސަލާމަތައި ތަރައްޤީ އަށް ދެއްވަވާފައިވާ އަދި މިހާރުވެސް ދެއްވަވަމުން ގެންދަވާ އެހީތެރިކަން ފާހަނގަކުރައްވަވައި ޝުކުރުއަދާ ކުރެއްވެވިއެވެ. މީގެ ތެރޭގައި މާލޭ ވަށާ ރައްކާތެރިކަމުގެ ތޮށްޓެއް ލައިދިނުމައި، ދިވެހި މަސްވެރިންގެ އިގްތިސާދީ ބައިވެރިޔާ ކަމުގައިވާ ޔަންމާ އިންޖީނުގެ ބޭނުންތެރިކަމާއި އަދި ޖައިކާގެ ވޮލަންޓިއަރުން އަތޮޅުތެރޭގެ މަދުރަސާތަކުގައި ކޯޗުންނާާއި ފިޒިކަލް ޓްރެއިނިންގް އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވާކަން ތައުރީފާއެކު ފާހަނގަކުރެއްވެވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026