13 އޮކްޓޯބަރ 2019
ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވިސް ގެ ފަރާތުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މެދުގައި ހަކުރުބައްޔާއި އަދި މަސައްކަތާާއި ދިރިއުޅުން އެއްހަމައެއްގައި ގެންދާނެގޮތުގެ މައްޗަށް ހޭލުންތެރިކުރުމާގުޅޭގޮތުން މަޝްވަރާކުރައްވަވައިފިއެވެ. ޑައިބެޓިކް ސޮސައިޓީގެ ފަރާތުން މި މަޝްވަރާ ބައްދަލުވުމުގައި އިސްކޮށް އިންނެވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލާ އާއިޝަތު ޝިރުހާނާ އެވެ. އަދި އޭގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުންވެސް ވަނީ ބޭފުޅަކު މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
މިއަދު ބޭއްވުނު ބައްދަލުވުމުގައި ޑައިބެޓިކް ސޮސައިޓީގެ ފަރާތުން ސިވިލް ސަރވިސްގެ އިދާރާތަކުގައި ހެލްތު އިންސްޕެކްޓަރުންގެ ގޮތުގައި ބަޔަކު ތަމްރީނުކޮށްބޭ ތިއްބުމަށް އެހީތެރިވެދިނުމަށް ހުށަހެޅުއްވެވިއެވެ. އަދި ސިވިލް ސަރވަންޓުންނަށް މަޢުލޫމާތު ދިނުމުގެ ހަރަކާތެއް އިންތިޒާމް ކުރުމާގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ކޮމިޝަނުން ބާއްވާ ހަފްލާތަކުގައި ހަކުރު އަޅާފައިހުންނަ ލުއިބުއިންތައް ނުބެހެއްޓުމާއި ސައި އަދި ކޮފީ ތައްޔާރުކޮށް ސާރވްކުރާއިރު ހަކުރުތަށްޓަށް އެޅުމުގެ ބަދަލުގައި އަމިއްލައަށް ހަކުރުއަޅާއިގިރާލެވޭ ގޮތަށް ހަކުރު ޕެކެޓް ތަށީގައި ބާއްވާގެން ސާވްކޮށްދިނުމަށް އެދިވަޑައިގަތެެވެ.
ޑައިބެޓިކް ސޮސައިޓީ އިން އެދިވަޑައިގަތްކަންކަމުގައި ކޮމިޝަނުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށާއި ސިއްހީ ގޮތުން ސިވިލް ސަރވަންޓުން ހޭލުންތެރިކުރުވުމަށް ހިލޭ ސާބަހަށް ކޮށްދެއްވުމަށް ހުށަހެޅުއްވެވި އެހީތެރިކަމުގެ ބޭނުން ސިވިލް ސަރވިސްގެ އިދާރާތަކުން ހިފެނޭ އިންތިޒާމް ހަމަޖައްސަވައި ދެއްވާނެކަމުގެ ޔަގީންކަން ކޮމިޝަނުގެ ރައީސް މި މަޝްވަރާ ބައްދަލުވުމުގައި އެރުވިއެވެ. އަދި މި ކަންކަން އިންތިޒާމްކުރުމަށްޓަކައި ކޮމިޝަނަށް ހުށަހަޅުއްވަވާނެކަމަށާއި ޕަރމަނަންޓް ސެކްރެޓެރީއިން ތިއްބަވާ އެޑްވައިޒަރީ ކޮމިޓީއަށްވެސް ހުށަހަޅުއްވަވާދެއްވާނެ ކަމުގައި ކޮމިޝަނުގެ ފަރާތުން ބަޔާންކުރެއްވެވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026