10 އޮކްޓޯބަރ 2019
ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ- މޯލްޑިވިސް (ފައިމް) އިން މިއަދު ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތްކުރައްވަވައި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ފައިމް އިން ކުރިއަށްގެންދާ އެކި ހަރަކާތްތަކާއި ގުޅޭގޮތުން ވަނީ މަޢުލޫމާތު ދެއްވާފައެވެ. އަދި އެ އެސޯސިއޭޝަނުން ޓެލެންޓު ޝޯވ އެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ ސިވިލް ސަރވިސް އާއި ގުޅިގެން މި ހަރަކާތް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އަދި ފައިމް އިން ކުރިއަށްގެންދާ މިފަދަ އެކި ޕްރޮގްރާމްތަކުގައި ސިވިލް ސަރވަންޓުން ގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެ ފަރާތުން ވަނީ މަޝްވަރާކޮށްފައެވެ. މިގޮތުން ސިވިލް ސަރވިސް ކޮމިޝަނުގެ އިޖްތިމާއީ ކްލަބު އާ ގުޅިގެން ހަރަކާތްތަކެއް ހިންގުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވުނެވެ.
ކޮމިޝަނުގެ ރައީސް ގެ ވާހަކަފުޅުގައި އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރުމަށް ބާރުއެޅުއްވެވިއެވެ. އަދި ކޮމިޝަނުގެ ފަރާތުން ފައިމްގެ ހަރަކާތްތައް ހިންގުމަށް އެއްބާރުލުން ދެއްވާނެކަމުގައި ދެންނެވިއެވެ.
މިއަދުގެ މި ބައްދަލުވުމުގައި ފައިމް ގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ފައިމް ގެ ބޯޑް މެމްބަރ މަރްޔަމް ޝުހާނާ އާއި ފައިމް ގެ އެގްޒެކެޓިވް ބޯޑް މެމްބަރ އަހްމަދު ވަހީދު އެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026