ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާ ގުޅޭގޮތުން ސިވިލް ސަރވިސް ގެ ލަފާ އަރުވައިފި

09 ސެޕްޓެމްބަރ 2019



ކުރިއަށް އޮތް 5 އަހަރުގެ މުއްދަތަށް ސަރުކާރުން ތައްޔާރު ކުރައްވަވާ " ސްޓްރެޓެޖިކް އެކްޝަން ޕްލޭން" އަށް ދިވެހި ސިވިލް ސަރވިސް ގެ ފަރާތުން އަރުވާ ލަފާ ނުވަތަ ޚިޔާލުތަކާގުޅޭ ގޮތުން ޕަރމަނަންޓް ސެކްރެޓަރީ އިންނާއި ކޮމިޝަނުގެ މެންބަރުން ހިމެނޭ އެޑްވައިޒަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ބާއްވައިފިއެވެ.
ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ރިޔާސަތު ބެލެހެއްޓެވި މިބައްދަލުވުމުގައި ދިވެހި ސިވިލް ސަރވިސް ޒަމާނީކޮށް ތަރައްޤީ ކުރުމާގުޅޭގޮތުން އެކްޝަން ޕްލޭން ގައި ހިމެނޭ ބައިތަކާމެދު މަޝްވަރާކޮށް އިތުރަށް ހުށަހަޅަން ފެނުނުކަންކަން ފާހަގަކޮށް ޚިޔާލުތަކެއް އެކުލަވާލެވިފައިވެއެވެ.
މި ޚިޔާލުތައް ނުވަތަ ކޮމެންޓުތައް މިއަދުވަނީ ރައީސުލްޖުމްހުރިއްޔާ އޮފީހާއި ހިއްސާކުރެވިފައެވެ. މި ޚިޔާލު ތަކުގެ ތެރޭގައި ސިވިލް ސަރވަންޓުންގެ ކުރިއެރުމަށާއި ގާބިލްކަން އިތުރުކުރުމަށް ބޭނުންވާ ކަންކަމާއި ދެވޭ ޚިދުމަތްތައް ހަލުވިކޮށް ރަނގަޅު ފެންވަރެއްގައި ޚިދުމަތް ފޯރުކޮށްދިނުމާއި ގުޅޭގޮތުން އަދި ސިވިލް ސަރވަންޓުންގެ ދުޅަހެޔޮކަމަށް ކަންކަން ރޭވިފައިވުމާގުޅޭގޮތުން ލަނޑުދަނޑިތަކެއް ހިމެނިފައިވެއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް