ސެމިނަރ އޮން ޕަބްލިކް އެޑްމިނިސްޓްރޭޝަން ފޯ ސިވިލް ސަރވަންޓްސް އޮފް މޯލްޑިވްސް ގެ ބައިވެރިން ބެއިޖިންގްގައި

08 އޯގަސްޓް 2019



ޗައިނާގައި ކުރިއަށްގެންދެމުންދާ "ސެމިނަރ އޮން ޕަބްލިކް އެޑްމިނިސްޓްރޭޝަން ފޯ ސިވިލް ސަރވަންޓްސް އޮފް މޯލްޑިވްސް" ގެ ފޭސް 1 ގެ ބައިވެރިން ބެއިޖިންގ ގެ ގްރޭޓް ވޯލް އޮފް ޗައިނާ އަށް ޒިޔާރަތްކޮށްފިއެވެ. މިދިޔަ ޖުލައި މަހުގެ 22 ން އޯގަސްޓު 11 އަށް ޗައިނާގެ ނަންޗެންގް ސިޓީ ގައި ކުރިއަށްގެންދާ މި ސެމިނަރ ގައި ބައިވެރިވާ ސިވިލް ސަރވަންޓުންވަނީ ޗައިނާ ގެ އެކިއެކި މަޝްހޫރު ސިޓީތަކަށާއި ބިނާތަކަށް ޒިޔާރަތްކޮށްލުމުގެ ފުރުސަތު މަގުފަހިވެގެން ގޮސްފައެވެ. މިގޮތުން އިއްޔެ މި 30 ބައިވެރިން ވަނީ ޗައިނާގެ އެންމެ މަޝްހޫރު އާސާރީ އަދި ދުނިޔޭގެ 7 އަޖައިބު ތެރެއިން ހިމެނޭ އެއް އަޖައިބު ކަމަށް ވާ "ދަ ގްރޭޓް ވޯލް އޮފް ޗައިނާ" އަށް އަމިއްލަ އަށް ތަޖްރިބާކޮށްލުމުގެ ފުރުސަތު ލިބިފައެވެ. 7 ވަނަ ޤަރުނުގައި ރޭނުނު މި ގްރޭޓް ވޯލް ގައި 21،196 ކިލޯމީޓަރ ގެ ދިގުމިން ހުރެއެވެ.
ޗައިނާގެ ފޭސް 1 ގެ މި ބައިވެރިން މި ސެމިނަރ ފުރިހަމަކޮށްފައި ރާއްޖެ އަށް އެނބުރި އަންނަންއޮތީ އޮގަސްޓު 12 ގައި އެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް