ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއިއެކު ސިވިލް ސަރވިސް ކޮމިޝަނުން މަޝްވަރާކުރައްވައިފި

25 އޯގަސްޓް 2019



ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ.  އަދި އެލްޖީއޭ ގެ ފަރާތުން އިސްކޮށް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެލްޖީއޭ ގެ ޑިރެކްޓަރ އަލްފާޟިލް މުހައްމަދު ނަސީރެވެ.

މި މަޝްވަރާ ބައްދަލުވުމުގައި، ލާ މަރުކަޒީ އުޞޫލުން ކައުންސިލްގެ އިދާރާތައް ހިންގުން އިތުރަށް ހަރުދަނާކުރުމަށް ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މިގޮތުން އަތޮޅު އަދި ރަށު ކައުންސިލުތަކުގެ އިދާރީ އޮނިގަނޑަށް ކޮންމެހެން ގެންނަންޖެހިފައިވާ ބަދަލުތައް ގެނައުމާއި، ކައުންސިލުގެ އިދާރާތަކާއި ކައުންސިލްގެ އިދާރާތަކުގައި މަސައްކަތްކުރައްވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތް މޮނީޓަރ ކުރުމާއި، ކައުންސިލްގެ އިދާރާތަކުން ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެންނަން ފެންނަ އިޞްލާޙުތަކާބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. އަދި ހައިބްރިޑް މޮޑެލްއެއްގެ ތެރެއިން ކައުންސިލްގެ އިދާރާތަކުގެ މުވައްޒަފުން މަސައްކަތްކުރުމަށް ބޭނުންވާ ތަމްރީނުތައް ލިބުމުގެ ފުރުސަތު ތަނަވަސްކުރުމާއެކު، މި މޮޑެލް ތަންފީޒު ކުރުމަށް ބޭނުންވާ ބަޖެޓް ހޯދުމާމެދު ދެ އިދާރާގެ އިސްވެރިންގެ މެދުގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުން ނިމިގެން ދިޔައީ، ކައުންސިލްގެ އިދާރާތަކުން ދެވޭ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ސިވިލް ސަރވިސް ކޮމިޝަނާއި ލޮކަލް ގަވަރމަންޓް އޮތޯރިޓީ މެދުވެރިވެގެން ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުމަށް ޓެކްނިކަލް ލެވެލްގެ ކޮމެޓީއެއް އެކުލަވާލައި، ކޮމެޓީ މެދުވެރިވެގެން މިއަދުން ފެށިގެން މަސައްކަތް ފެށުމަށް ނިންމުމާއެކުގައެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް