ކޮމަންވެލްތު ގެ ވަފުދެއް ކޮމިޝަނުގެ ރައީސާއި ބައްދަލުކުރައްވައިފި

28 އޯގަސްޓް 2019



ދިވެހިރާއްޖޭ އަލުން އަނބުރާ ކޮމަންވެލްތު ޖަމްއިއްޔާގައި ބައިވެރި ކުރުމާގުޅޭގޮތުން ދެވަނަ ފަހަރަށް ދިރާސާ ކުރެއްވުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވަވާ ވަފުދުގެ 4 ބޭފުޅުން އިއްޔެ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު އާއި ބައްދަލުކުރައްވަވައި މަޢުލޫމާތު ސާފުކުރައްވަވައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު މި ބައްދަލު ކުރެއްވުމުގައި ކޮމަންވެލްތުގެ ވަފުދުގެ ލީޑަރެއްގެ ގޮތުން ބައިވެރިވެވަޑައި ގެންނެވީ ކޮމަންވެލްތުގެ ގަވަރނަންސް އެންޑް ޕީސް ޑިރެކްޓޮރޭޓްގެ ޑިރެކްޓަރ ކަޓަލައިނާ ސަޕޮލޫ ((Katalaina Sapolu އެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ސާފުކުރެއްވެވީ ގަވަރނަންސް ނުވަތަ މިނިވަން މުސްތަ÷÷ޣިއްލު މުއައްސަސާ އެއްގޮތުން ހިންގުން ހަރުދަނާކުރުމަށް ސިވިލް ސަރވިސްގެ ދާއިރާއަށް ގެނެވިފައިވާ ހެޔޮ އިސްލާހީ ބަދަލުތަކަކީ ކޮބައިކަމާއި އަދި މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާއި އަދި މިގޮންޖެހުންތަކުން އަރާގަތުމުގައި އަމަލުކުރުމަށް ރާވަމުންދާ ގޮތަކީ ކޮބައިކަމެވެ. ސިވިލް ސަރވިސް ކޮމިޝަނުން ދިވެހިރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ތާއިދުކުރާކަމަށާއި ޕަބްލިކް މެނޭޖްމަންޓް އަދި އެޑްމިނިސްޓްރޭޝަންގެ ކަންތަކުގައި އެހީތެރިވެދީ ފަންނީ އަދި މާހިރީ ތަޖްރިބާ ހިއްސާކުރާ ކޮމަންވެލްތުގެ ސަބްސިޑިއަރީ އޮގަނައިޒޭޝަނެއްކަމުގައިވާ ކެޕާމް ގެ ޖަމާއަތުގައި ސީ.އެސް.ސީ އިން އަލުން ބައިވެރިވެ ހަރަކާތްތެރިވާން ވަރަށް ބޭނުންވާ ކަމުގައި ކޮމަންވެލްތުގެ ވަފުދު ކިބައިގައި ދަންނަވާފައިވެއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް